Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

13 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުވާ މީހާ އެއް މަހަށް ބަންދުކޮށްފި

13 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުވާ މީހާ އެއް މަހަށް ބަންދުކޮށްފި

13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނަކެވެ. ފުލުހުން ބުނި ގޮތުގައި އެކުއްޖާއަށް ގޯނާކުރި މައްސަލަ ރިޕޯޓްކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހު ނޯތު ޕޮލިސް ޑިވިޝަނަށެވެ.

މިއަދު ފުލުހުން ބުނީ، އޭނާގެ ބަންދަށް ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

Advertisement
Allied — Dhen Online (box)

އިތުރަށް ފުލުހުން ބުނީ، މި މައްސަލައިގައި އޭނާއަށް ފިލަން އެހީތެރިވި ކަމުގެ ތުހުމަތުގައި އިއްޔެ 29 އަހަރުގެ ދިވެހި ފިރިހެނެއް ވެސް ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން، 12 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާއި ގުޅޭ އިތުރު ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް