Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މަރުވެ، އޮޔާ ދަނިކޮށް ފެނުނީ ބިދޭސީއެއް

މަރުވެ، އޮޔާ ދަނިކޮށް ފެނުނީ ބިދޭސީއެއް
އިއްޔެ ސިނަމާލެ ބުރިޖާ ދިމާލު ކަނޑުމަތިން މަރުވެގެން އޮޔާ ދިޔަ އަންހެން މީހާ އަކީ ބިދޭސީއެއް ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފިއެވެ.

ބުރިޖާ ދިމާލުން ކަނޑުމަތިން މީހަކު އޮޔާދާ ކަމުގެ ރިޕޯޓް ފުލުހުންނަށް ކޮށްފައިވަނީ އިއްޔެ 12:35 ހާއިރުއެވެ.

އައިޖީއެމްއެޗުން މައުލޫމާތު ދީފައިވާ ގޮތުން ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ މީހާ އޮތީ މަރުވެފައެވެ. އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް "ދެން" އަށް މިއަދު ވިދާޅުވީ މަރުވެފައި އޮއްވާ ހޮސްޕިޓަލަށް ގެންދިޔަ އަންހެން މީހާ އަކީ ދިވެއްސެއް ނޫންކަން ޔަގީންވެފައިވާ ކަމަށެވެ. އެމީހާގެ ވަނަވަރު އަދި މިހާތަނަށް އެނގިފައިނުވާ ކަމަށާއި ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއްތޯ ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. '' އެއީ ބިދޭސީ އަންހެނެއް. ކާކުކަން ދެނެގަތުމުގެ މަސައްކަތް އެބަކުރަން" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. ރާއްޖެއަށް މޫސުން ގޯސް މި ދުވަސްވަރު ފާއިތުވި ދެ ދުވަސް ތެރޭގައި މޫދަށް އެރި އުޅެނިކޮށް ދެ މީހަކު ގެނބިގެން ވަނީ މަރުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް