ފަރެސްމާތޮޑާ އެއާޕޯޓު ސަރަހައްދުގައި ހަދާ ޓޫރިޒަމް ޒޯންގައި ސިޓީ ހޮޓަލެއް އަޅަން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އާރުއޭސީއެލް އިން ހަވާލުކޮށްފި އެވެ.
އާރުއޭސީއެލްއިން މިމަޝްރޫއު ހަވާލުކުރީ ސިލްވާ ލޭންޑް ހޮޓެލްސްއާ އެވެ. އެ އެއްބަސްވުމުގައި އާރްސީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީނެވެ. އަދި ސިލްވާ ލޭންޑް ހޮޓެލްސްގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓް މެނޭޖްމެންޓް ހެޑް އިބްރާހިމް މުހައްމަދެވެ.
އެ އެއްބަސްވުމުގެ ދަށުން، އެއާޕޯޓާ އިންވެގެން އޮންނަ ހުސްބިމުގައި އިމާރާތްކުރާނީ 100 ކޮޓަރީގެ ހޮޓަލެކެވެ. އާރުއޭސީއެލްއިން ބުނީ އެ ސިޓީ ހޮޓަލުގެ ސަބަބުން ފަރެސްމާތޮޑާގެ އިތުރުން އެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ 200 މީހުންނަށް ވަޒީފާގެ ފުރުސަތު ލިބޭނެ ކަމަށެވެ.
ކުރިއަށް އޮތް 3 މަހުގެ ތެރޭގައި މަސައްކަތް ފަށަން ތާވަލުކޮށްފައިވާއިރު މި ހޮޓެލް އަށް ގާތްގަނޑަކަށް 20 މިލިއަން ޑޮލަރު ހޭދަވާނެކަމަށް ވަނީ ލަފާކޮށްފަ އެވެ.
އާރުއޭސީއެލްއިން މިހާރު ވެސް ހަތް އެއާޕޯޓެއް ހިންގަމުން އަންނަ އިރު، އެއާޕޯޓް ތަކުގައި ހުރި ހުސްބިންތަކުގައި ސިޓީހޮޓާތައް އެޅުމަށް އެކުންފުނިން އަންނަނީ ޕްލޭން ކުރަމުންނެވެ. އޭގެ މަގްސަދަކީ ރައްޔަތުންނަށް އިގްތިސާދީ އިތުރު ފުރުސަތުތައް ހޯދައިދިނުން ކަމަށް އެކުންފުނިން ބުނެ އެވެ.
200 ދިވެހީންގެ ބަދަލުގާ 50 ދިވެހިންނާ 150 ބިދޭސީންނައް ރަގަލު ކޮއްލާ