Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކަރަންޓު ބިލު ބޮޑުވާ މައްސަލާގައި އެއްވީ މަދު ބަޔަކު

ކަރަންޓު ބިލު ބޮޑުވާ މައްސަލާގައި އެއްވީ މަދު ބަޔަކު

މިދިޔަ މަހުގެ ކަރަންޓު ބިލު އިންތިހާއަށް ބޮޑުވުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ސްޓެލްކޯއާ ދެކޮޅަށް މަދު އަދަދެއްގެ ބަޔަކު އަޑުއުފުލަން ފަށައިފިއެވެ.

ހަވީރު ފެށި އެއްވުމުގައި، އަމީނީ މަގުގައި ހުންނަ ސްޓެލްކޯގެ ހެޑް އޮފީހަށް މުޒާހަރާގެ ބައިވެރިން މިސްރާބު ޖެހުމުން, ބެރިކޭޑް ޖަހައި ފުލުހުން ވަނީ އެ ސަރަހައްދު ބަންދުކޮށްފައެވެ.

ބައިވެރިން ދަނީ ކަލާފާނު ސްކޫލު ކުރިމަތީގައި ފުލުހުން ޖަހާފައިވާ ބެރިކޭޑް ކުރިމަތީގައި އެ މީހުންގެ ޝުއޫރު ފާޅުކުރަމުންނެވެ. އެތަނުގައި ތިބި މީހުން އަޑު އުފުލަމުން ދަނީ ސްޓެލްކޯގެ ކަރަންޓުން ވައްކަން ކުރުން ހުއްޓާލަން ގޮވާލާފައެވެ. އަދި ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީއާ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.

Advertisement
Allied — Dhen Online (box)

https://twitter.com/HKurusee/status/1796871577562165493

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ، އެ އެއްވުން ކުރިއަށްގެންދެވޭނީ ސުލްހަވެރިކަމާއެކު ކުރިއަށްގެންދާ ކަމަށްވާ ނަމައެވެ. މިނިވަންކަމާއެކު ހިޔާލުފާޅު ކުރާނަމަ، އެ އެއްވުމަށް ފުލުހުން ހުރަސްނާޅާނެ ކަމަށް ޝިފާން ވިދާޅުވިއެވެ.

މަދު ބަޔަކު އެ ސަރަހައްދަށް އެއްވި ނަމަވެސް ކަރަންޓު ބިލު އިންތިހާއަށް ބޮޑު ކަމަށް ބުނެ ސޯޝަލް މިޑީއާގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް