ކަރަންޓުބިލާއި ގުޅިގެން ޝަކުވާއެއް އޮތްނަމަ ހުށަހަޅަން އެދިއްޖެ

ކަރަންޓު ބިލްތަކާއި ގުޅިގެން ކަސްޓަމަރުންގެ އެއްވެސް ޝަކުވާއެއް އޮތްނަމަ، ޝަކުވާ ހުށަހަޅަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އެދިއްޖެއެވެ.
ސްޓެލްކޯއިން ބުނީ، ކަރަންޓު ބިލްތަކާއި ގުޅިގެން ކަސްޓަމަރުންގެ ޝަކުވާއެއް އޮތްނަމަ އެ ކުންފުނީގެ ކަސްޓަމާ ސާވިސް އެންޑް ބިލިންގެ ނަންބަރަށް ޓެލެގްރާމް ނުވަތަ ވަޓްސްއަޕް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.
އަދި އެ ކޮމްޕެނީގެ އީމެއިލްއަށް ވެސް ޝަކުވާ ހުށަހެޅޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
<img class="alignnone size-full wp-image-225881" src="https://cdn.dhen.mv/wp-content/uploads/2024/06/3c83fe74-6036-488f-907c-27f3d3cf259e.jpg" alt="" width="1143" height="1280" />
ސްޓެލްކޯއިން ބުނީ، ބިލްތަކާއި ގުޅިގެން އެ ކުންފުންޏަށް ޝަކުވާ ހުށަހެޅުމުން، 24 ގަޑިއިރު ތެރޭގައި ޝަކުވާއާއި ގުޅިގެން ޖަވާބު ދިނުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ސްޓެލްކޯއިން މިހެން ބުނެފައިވަނީ، ގޭބީސީތަކުގެ ކަރަންޓު ބިލު އާދަޔާ ހިލާފަ ބޮޑުވެފައިވާތީ އާންމުން ނުރުުހުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. އެކަމާއި ގުޅިގެން ސްޓެލްކޯ ކުރިމަތީގައި މިހާރު އަންނަނީ އިހްތިޖާޖު ވެސް ކުރަމުންނެވެ.







ކޮމެންޓް