Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ފަލަސްތީނުގެ ހައްގުގައި ހިނގާލުމެއް ބާއްވަން ސަރުކާރުން ނިންމައިފި

ފަލަސްތީނުގެ ހައްގުގައި ހިނގާލުމެއް ބާއްވަން ސަރުކާރުން ނިންމައިފި
އިސްރާއިލުން ފަލަސްތީނަށް ދެމުންގެންދާ ލާއިންސާނީ އަނިޔާތަކުން ފަލަސްތީނު ސަލާމަތްކޮށް، އެކަމުގައި ރާއްޖެއިން އަޑުއުފުލުމުގެ ގޮތުން ހިނގާލުމެއް ބާއްވަން ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. މިއަދުގެ ބައްދަލުވުމުގައި ފަލަސްތީނުގެ ހައްގުގައި ގިނަ ނިންމުންތަކެއް ވަނީ ނިންމާފައެވެ. ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށް ފަހު އެ ނިންމުންތައް ނޫސްވެރިންނާއި ހިއްސާ ކުރައްވަމުން ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ، ފަލަސްތީނާ އެއްކޮޅަށް މިހާރު ސަރުކާރުން ނަގާފައިވާ ސްޓޭންޑަކީ އާ ސްޓޭންޑެއް ކަމަށެވެ. އަދި އެއީ އިންސާނިއްޔަތަށްޓަަކައި، އިސްލާމީ އަހުންނާއި އުހްތުންނަށްޓަކައި ނިންމާފައިވާ ނިންމުވުމެއް ކަމަށެވެ. ރައީސް އޮފީހުގައި ބޭއްވި ޕްރެސްގައި އިހުސާން ވިދާޅުވީ ވަޒީރުންގެ މަޖިލީހުން ވަނީ، ރާއްޖޭގެ ފަރާތުން ފަލަސްތީނަށް ބޭނުންވަނީ ކޮންކަމެއްތޯ ބެލުމަށް ރާއްޖޭގެ ފަރާތުން އެންވޯއީއެއް ކަނޑައަޅަން ނިންމަވާފައި ކަމަށެވެ. ފަލަސްތީނާއެކު ދިވެހިން ތިބިކަން ދައްކުވައިދިނުމުގެ ގޮތުން މުޅި ރާއްޖޭގައި ބާއްވާ ހިނގާލުން އޮންނަ ދުވަހެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ. އަދި ރާއްޖެއިން އިސްނަގައިގެން އިސްލާމީ ގައުމުތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ވެސް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވެއެވެ.
"ދިވެހި ރާއްޖެއިން އިސްނަގައިގެން ފަލަސްތީނުގެ މައްސަލައަށް އަވަސް ހައްލެއް ގެނެސްދިނުމަށް އިސްލާމީ ގައުމުތަކާއެކުވެގެން މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައި،" އިހުސާން ވިދާޅުވިއެވެ.
އޭގެ އިތުރުން، ޔޫއެން ރިލީފް މެދުވެރިކޮށް ފަލަސްތީނަށް އެހީތެރިވުމުގެ ގޮތުން ރާއްޖޭގައި ފަންޑްރެއިޒިންގް ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވެސް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ. ފަލަސްތީނާއެކު ދިވެހިން ތިބިކަން ދައްކުވައި ރާއްޖެއިން އަންނަނީ އަބަދުވެސް ފަލަސްތީނަށް އެހީތެރިވުމުގެ ގޮތުން ފަންޑްރެއިސިންގް ހަރަކާތްތަކާއި، ހިނގާލުންތައް ބާއްވަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް