Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އަސްކަރީ އިއްޒަތުގައި ޒައިދާންގެ ހަށިގަނޑު ވަޅުލައިފި

އަސްކަރީ އިއްޒަތުގައި ޒައިދާންގެ ހަށިގަނޑު ވަޅުލައިފި

މިޔަރެއްގެ ހަމަލާއިން ޒަހަމްވެގެން ފަރުވާދެމުން ދަނިކޮށް ނިޔާވި ޒުވާން ސިފައިން އޮފިސަރެއް ކަމަށްވާ މުހައްމަދު ޒައިދާން (23އ) ގެ ހަށިގަނޑު ރަސްމީ އިއްޒަތުގައި ވަޅުލައިފިއެވެ.

ޒައިދާންގެ ޖަނާޒާ ބާއްވާފައި ވަނީ ރަސްމީ އިއްޒަތުގެ ދެވަނަ ދަރަޖައިގައެވެ. މިޖަނާޒާގައި ސިފައިން ހަތް ބަޑީގެ ސަލާމެއް ވަނީ އަރުވާފައި ވެއެވެ.

ޒައިދާން ނިޔާވީ ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ ނިޔާވީ ރޭ 8:40 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.

Advertisement
Ooredoo — Square (box)

<img class="alignnone size-full wp-image-226134" src="https://cdn.dhen.mv/wp-content/uploads/2024/06/WhatsApp-Image-2024-06-03-at-17.52.55.jpeg" alt="" width="1280" height="960" />

އެމްއެންޑީއެފުން ބުނީ އުނގޫފާރު، ނިއު ލައިފް، ޒައިދާން އަށް މިޔަރެއް ހަމަލާ ދިނީ ލ. މާވަށް ކައިރީ މޫދުގައި ސިފައިންގެ ތަމްރީނުގެ ބައެއް ކުރިއަށް ދަނިކޮށް ކަަމަށެވެ.

ޒައިދާންގެ ހަށިގަނޑު އޭނާގެ އުފަން ރަށް އުނގޫފާރަށް ގެންގޮސްފައިވަނީ މިއަދު މެންދުރުއެވެ. އަދި ޒައިދާންގެ ކަށުނަމާދު ބާއްވާފައި މިވަނީ މިއަދުގެ އަސުރު ނަމާދަށް ފަހު، އުނގޫފާރު އިސްލާމީ މަރުކަޒުގައެވެ.

މި ޖަނާޒާގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފާއި، އެޖުޓަންޓް ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމާއި، ކޯސްޓްގާޑްގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އަދި އާއިލާއާ ބައްދަލު ކުރައްވައި ވަނީ ތަޢުޒިޔާ ދަންނަވާފައެވެ. މި ޖަނާޒާއަށްފަހު ސަންދޯކުގައި އަޅާފައި އޮތް ދިވެހިރާއްޖޭގެ ޤައުމީ ދިދަ، ކޯޕްރަލް މުޙައްމަދު ޒައިދާންގެ ޢާއިލާއާ ވަނީ ހަވާލުކޮށްދެއްވާފައެވެ.

ޒައިދާން ނިޔާވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، މިއަދުން ފެށިގެން ދެ ދުވަސް ވަންދެން ސިފައިންގެ ދިދަ، ސިފައިންގެ މަރުކަޒުތަކުގައި ވަނީ ބައި ދަނޑިއަށް ތިރިކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް