ޚަބަރު އިޖުތިމާޢީ

މަޖީދިއްޔާ ދަރިވަރަކު ޓީބީއަށް ޕޮޒިޓިވް ވެއްޖެ، އެހެން ދަރިވަރުން ޓެސްޓު ކުރަނީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މަޖީދިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް އެސެމްބްލީއެއްގައި

މަޖީދިއްޔާ ސްކޫލުގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރަކު ޓީބީއަށް ޕޮޒިޓިވްވެ އެހެން ދަރިވަރުން އެބައްޔަށް ޓެސްޓު ކުރަން ފަށައިފި އެވެ.

Ads by STELCO

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މަޖީދިއްޔާ ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރަކު ޓީބީއަށް ޕޮޒިޓިވް ވުމުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޕްރޮޓޮކޯލާ އެއްގޮތަށް އަމަލު ކުރަމުން އަންނަ ކަމަށެވެ. އަދި ޕޮޒިޓިވްވި ދަރިވަރުގެ ކަންކަން ގާތުން ބަލަމުން އަންނަ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޓީބީއަށް ޕޮޒިޓިވްވީ މަޖީދިއްޔާ ސްކޫލުގެ ގްރޭޑު 9 ގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރެކެވެ. އަދި ބައްޔަށް ޓެސްޓު ކުރަމުންދަނީ އެކުއްޖާއާއި އެއް ކްލާހެއްގައި ކިޔަވަމުން އަންނަ ދަރިވަރުންނެވެ.

މިކަމާއި ގުޅިގެން މަޖީދިއްޔާ ސްކޫލުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ރާއްޖެ އަކީ މަދުން ނަމަވެސް ޓީބީ ފެންނަ ގައުމެކެވެ. އެކަމަކު ސަރުކާރުން އަމާޒު ހިފާފައި ވަނީ ރާއްޖެ އިން 2025 އާ ހަމައަށް ޓީބީ ނައްތާލުމަށެވެ. އެންމެ ފަހުން ސްކޫލަކުން ޓީބީގެ ކޭސް އެއް ފެނިގެން ރިޕޯޓު ކޮށްފައި ވަނީ 2022 ވަނަ އަހަރު އެވެ. އެއީ ސީއެޗްއެސްއީ އިންނެވެ.

ޓީބީއަކީ ދުނިޔޭގައި އެންމެ ހަލުވި ދުވެލީގައި ފެތުރެމުންދާ އެއް ބައްޔެވެ. މި ބަލީގައި ފުރާނަ ގެއްލޭ މީހުންގެ އަދަދުވެސް ނިސްބަތުން ގިނަ އެވެ. ޓީބީ ޖެހޭ މީހުންގެ 43 އިންސައްތަ އަކީ ދެކުނު އޭޝިއާއިން މި ބައްޔަށް ޕޮޒިޓިވްވާ މީހުންނެވެ. މިއީ ރާއްޖެވެސް ހިމެނޭ ސަރަހައްދެވެ.

ޓީބީ އަކީ ފަރުވާ ކޮށްގެން ރަނގަޅުވާ ބައްޔެކެވެ. މިބަލި ޖެހޭ މީހުންގެ ތެރެއިން ފަރުވާ ދީގެން ރަނގަޅުވާ މީހުންވެސް އެންމެ ގިނައީ ދެކުނު އޭޝިއާގަ އެވެ.

Ads by Ooredoo
  1. ޢައިސަތު

    ކިހާ ދެރަކަމެއް
    ޓީބީ އަކީވެސް އާދައިގެ ބައްޔެއް.
    މީހުން ބިރުގަންނަވަން ވެގެން އުޅޭބައެއްދޯ މީ

    • ރީސާރޗްއަށްފަހު އަނގަގަޅާންވީ

      މީ ފަރުވާކުރެވޭ ބައްޔެއް ރަނގަޅު އެކަމު ސީރިޔަސް ބައްޔެއް ނޫން ނަމަ ޓީބީ ޖެހިގެން މީސްމީހުން މަރެއް ނުވާނެ. ބޭފުޅާ އަލުން ގޮސް ރީސާރޗްކުރަން މަށަށް ފެންނަނީ.

  2. ސޯލިހު ޒިންމާނަގަންޖެހޭ

    ރާއްޖެއަކީ މަދުންނަމަވެސް ޓީބީ ފެންނަ ގައުމެއްނޫން. ޓީބީ އޮތީ ރާއްޖެއިން ނައްތާލެވިފައި. ސިޔާސީ މީހުންގެ ނުކުޅެދުންތެރިކަމުން ގައުމުގެ ހުރިހާ ކަމެއް ބޮއްސުންލައިގެން ދިޔައީމާ ތިޔަ ހުރިހާ ބަލިބައްޔެއްވެސް މިތަނަށް އެތެރެވީ.