ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ރައީސްގެ ދެކަނބަލުން ފައްޓަވައިދެއްވައިފި

ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން އަނބިކަނބަލުން ސާޖިދާ މުހައްމަދު ފައްޓަވައިދެއްވައިފި އެވެ.
ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ރިޔާސީ ވައުދެއްކަމުގައިވާ، ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމް މިއަދު އިފްތިތާހުކޮށްދެއްވީ، މިއަދު ހެނދުނު ލޮނިޒިޔާރާތް ޕާކުގައި އޮތް އެ ރަސްމިއްޔާތެއްގަ އެވެ.
އެ ރަސްމިއްޔާތުގައި ރައީސް ވަނީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ލޯގޯ އިފުތިތާހުކޮށްދެއްވާފަ އެވެ.

5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ރައީސްގެ އަަނބިކަނބަލުން ސޖިދާ ފައްޓަަވާދެއްވަނީ (ފޮޓޯ/ރައީސް އޮފީސް)
މި ޕްރޮގްރާމުން ދައްކުވައިދެނީ، ރައީސް އޮފީހުން ބުނިގޮތުގައި ރާއްޖޭގެ ނާޒުކު ތިމާވެށީގެ ނިޒާމުތައް ހިމާޔަތްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުގެ ޖީލުތަކާއި، އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓަކައި އެ ބަދަލުތަކުންކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކެވެ.
މި ގަސް އިންދުމުގެ ޕްރޮގްރާމް މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓުތަކުގައި ވެސް ކުރިއަށް ގެންދާނެ އެވެ. އެގޮތުން، ޕްރޮގްރާމް ފެށުމުގެ ގޮތުން ފުރަތަމަ ފިޔަވަހީގައި އިންދުމަށް ހަމަޖެހިފައިވަނީ 4 ބާވަތެއްގެ ގަހެވެ. އެއީ ނެތިދިއުމުގެ ބިރު ހީވެފައިވާ ގަސްތަކާއި، މޭވާ އަޅާ ގަހާއި، ހިޔާ ލިބޭ ގަސްތަކުގެ އިތުރުން ދިވެހި ބޭސްވެރިކަމަށް ބޭނުން ކުރާ ގަސްތަކެވެ. ޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގައި 90 އަށްވުރެ ގިނަ ބާވަތުގެ ގަސް އިންދުމަށް ހަމަޖެހިފައިވާއިރު މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް ރަށްތަކުގައި ނާސަރީތައް ހަދައި އާންމުނަށް ގަސް ލިބޭ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.