Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މީހަކު ޑްރަގާ ހަވާލުވީ މަޖުބޫރުން ކަމަށް ފުލުހަކު ހެކިދީފި

މީހަކު ޑްރަގާ ހަވާލުވީ މަޖުބޫރުން ކަމަށް ފުލުހަކު ހެކިދީފި

މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ޒުވާނަކު އެތަކެއްޗާއި ހަވާލުވީ މަންމަ ބަންދަށް ގެންދާނެ ކަމަށް ބުނުމުން ކަމަށް ފުލުހަކު ކްރިމިނަލް ކޯޓުގައި ހެކިދީފިއެވެ.

ކްރިމިނަލް ކޯޓުން އާންމުކުރި ކޯޓު އަމުރެއްގައިވާ ގޮތުން މި ކަމެއް ހިނގީ މިއަދުއެވެ.

އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އެއީ، 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. ކޯޓު އަމުރުގައި ބުނެފައިވާ ގޮތުން އޭނާ ދިރިއުޅޭ އެޕާޓްމެންޓުން ފެނުނު މަސްތުވާތަކެއްޗާއި ހަވާލުވެފައިވަނީ، އޭނާގެ މަންމަ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާނެ ކަމަށް ބުނުމުންނެވެ.

Advertisement
Allied — Dhen Online (box)

ނަމަވެސް، އެފަދައިން އަމަލު ނުކުރާނެ ކަމަށް އެ މައްސަލަ ބެލި ފުލުހުންގެ އައިއޯ ކްރިމިނަލް ކޯޓުގައި ފާހަގަކޮށްފައިވެއެވެ.

އޭނާ އަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކޮށް ބަންދު ލޮގް އޮތް މީހެއް ކަމަށް ކޯޓު އަމުރުން ދައްކައެވެ.

ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް