ޚަބަރު

މަޖިލީހުގެ ޗިފް އޮފް ބިއުރޯގެ މަގާމަށް ނިހާނު

އަލީ ސަމާޙް ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފަކަށް އެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ހަމަޖައްސައިފި އެވެ.

Ads by STELCO

މަޖިލީހުގެ އިދަރާއިން މިިއަދު ބުނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله, ނިހާނު އެ މަގާމަށް އައްޔަނުކޮށްފައި ކަމަަށެވެ.

ނިހާން އައްޔަން ކޮށްފައިވަނީ ޕާލަމެންޓަރީ ސާވިސް ގަވާއިދުގެ ދަށުން މަޖިލީހުގެ ރައީސްގެ މަސައްކަތްޕުޅަށް އެހީތެރިވުމުގެ ގޮތުން ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.

ނިހާންގެ ކުރިން ބިއުރޯ ޗީފަކަށް ހުންނެވީ ފާތިމަތު މުހއްމަދު ސޯލިހްއެވެ. ނިހާން ވަނީ އިއްޔެ ވަޒީފާއަށް ނިކުންނަވަން ފައްޓަވާފައި ކަމަށް މަޖިލީހުން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!