ޚަބަރު އިޖުތިމާޢީ

ނިކަމެތިން ހައްޖަށް ފޮނުވަން ބައިތުލްމާލުން ހަރަދުކޮށްގެން ނުވާނެ: ޑރ. އިޔާޒް

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް - ފޮޓޯ: ދެން އިމޭޖަސް

ހައްޖުގެ އަޅުކަން ކުރަން ޖެހޭނީ އެކަމަށް ކުޅަދާނަކަން ލިބިގެންވާ މީހާ ކަމަށާއި، އެކަމަށް ކުޅަދާނަކަން ލިބިގެންނުވާ މީހުން ހައްޖަށް ފޮނުވަން ބައިތުލްމާލުން ހަރަދު ކޮށްގެން ނުވާނެ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

އިޔާޒް މިފަދައިން ވިދާޅުވެފައިވަނީ ސަރުކާރުން ވެފައިވާ ވައުދާއި އެއްގޮތަށް ފުރަތަމަ 50 ފަގީރުން ހިލޭ ހައްޖަށް ފޮނުވަން ނިންމާފައިވަނިކޮށެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިޔާޒް ވިދާޅުވީ، ހައްޖުގެ އަޅުކަމަކީ އެކަމަށް ކުޅަދާނަކަން ލިބިގެންވާމީހާ ކުރަންޖެހޭ އަޅުކަމެއް ކަމަށެވެ. އެހެންކަމުން ނިކަމެތިން ހައްޖަށް ފޮނުވުމަށް ބައިތުލް މާލުން ނުވަތަ ޒަކާތު ފައިސާ އިން ހަރަދު ކޮށްގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

"ނިކަމެތިން ހައްޖަށް ފޮނުވުމަށް ބައިތުލް މާލުން ނުވަތަ ޒަކާތު ފައިސާ އިން ހަރަދު ކޮށްގެން ނުވާނެ،" އިޔާޒް ވިދާޅުވިއެވެ.

އިތުރަށް އިޔާޒް ވިދާޅުވީ، ނަމަވެސް، ތަނަވަސްކަންހުރި ބޭފުޅަކު ހެޔޮހިތުން އޭނާގެ ހަރަދުގައި ނިކަމެއްޗަކު ހައްޖަށް ނުވަތަ އުމްރާ އަށް ފޮނުވުމުގައި މައްސަލަ އެއް ނެތް ކަމަށެވެ.

ހިލޭ 1،000 ފަގީރުން ހައްޖަށް ފޮނުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދުމުގެ ގޮތުން އެންމެ ފުރަތަމަ ހައްޖަށް ފޮނުވުމަށް ހަމަޖެހިފައިވަނީ 50 މީހުންނެވެ. އަދި އެކި އަހަރުތަކުގައި މި އަދަދު އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ސަރުކާރުގެ ހަރަދުގައި 50 މީހުން ހައްޖަށް ފޮނުވާއިރު ބަލާނީ ފަގީރުންގެ ދަފްތަރަށެވެ. ފަގީރުންގެ ދަފުތަރުގައި އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ 982 މީހުން ތިބި ނަމަވެސް ގުރުއަތުލުން މިއަދު ބާއްވާފައިވަނީ އޭގެތެރެއިން ޝަރުތު ހަމަވި 667 މީހުންގެ މެދުގަ އެވެ.

  1. ހާނިމް

    އެހެންވެ ދޯ މިދިޔަ ފަސްއަހަރު ދައުލަތުގެ މަސައްކަތުގައި ވެސް މިޝަންގައިވެސް އެއްބަޔަކު ދިޔައީ. އެހެން މީހުންނަށް ފުރުޝަތު ނުދީ.

  2. މަލާމާއް

    ހުސްދޮގު ހެދުން ނޫން ކަމެއް ނުކުރޭ

  3. އަބްދޫ

    ދަވްލަތުން ހަރަދުކޮށްގެން ބިންހިއްކަފަ ހިލޭ ގޯތިވެސް ދެވޭ ދަވްލަތުން ދަރަނި ނަގއިގެން ސިޔާސީ މީުނަށް މުސާރަވެސް ދެވޭ ދަވްލަތުގެ ހަޒާނާއިން އިޔާޒު އަށް މުސާރަވެސް ދެވޭ. ދަވްލަތުނަހަރަދުކޮށްގެން ނިކަމެތި މީހާ ހައޖަށް ނުފޮނުވޭ ވާހަކަ ބުނަނީ ފާސިގުން. އެއީ ދިވެހިރާއްޖޭގެ ގާނޫނުއަސަސީގަ އޮތްގޮތުން ސިޔާސީމަގާމަވެސް ނުހެދޭނެ ދަރަނިނަގައިގެން މުސާރަވެސް ނުދެވޭނެ. ދަވްލަތުން ހަރަދުކޮށްގެން ބިން ހިއްކާފަ ހިލޭ ގޯތިވެސް ނުދެވެނެ. މިހުރިހާކަމެއްހިމެނެނީ ރިސްވަތުގެތެރޭގެ ،ވައުދުވުމަކީ ފުއްދަންޖެހޭވާޖިބެއް. .ވީމާ ކޮންމެ ގޮތަކުންނަމަވެސް ހަކާލު ގޮތުގަ މައްކާއާއިހަމަޔަށް ފޯރާނެ މަގު ތަނަވަސް ވެއްޖެމިހާއަށް ހައްޖުވާޖިބުވޭ.ވާޖިބު ހައޖަށް ހުރަސް އަޅާ މީހުންގެ ހިތުގަ ސައްކު އ7ުފައދާ ވާހަކަ ފަތުރާނީ ފާސިގުން.

  4. އެހެންވިއްޔާ މިފަސްއަހަރުން އެއް އަހަރުގެ ކޯޓާދާނީފަގީރުންން ކިއުގަތިބިމީހުނަށް އެންންއަހަރު ފަހަށް އެމީހުން ވެސް ކިއުގަޖެއްސީމާ އިންސާފުވެރިވާނީ

  5. އައްޓަމަސް

    ސުވާލަކީ ސަރުކާރުން ނިކަމެތިމީހާ ހައްޖަށް ފޮނުވީމައި އޭނަކުރާ އަޅުކަން ބަލައި ނުގަނެވެނީބާ؟ ރަނގަޅު ހައްޖަކީ ކެރިކުޅަދާނަ ވީމައި ދާންޖެހޭތަނެއް އެކަމަކު ޝަވާބު ނުލިބޭނެބާ ސަރުކާރުން ފޮނުވީމައި ސަރުކާރަކީ ރައްޔިތުންގެ ޚިދުމަތުގައިތިބޭ ބައެއް ނޫންތަ؟

  6. މުޙައްމަދު ޤަބްދުﷲ

    ބައިތުލްމާލުން ޙައްޖަށް ދިއުމުން އެކަމުގެ މަޤުޞަދު ޙާޞިލް ނުވާނެ، ޣިޔާޒް މިފަހަރު އެބުނީ ހަމަ ތެދެއް

  7. އަޖައިބެއް

    މަގުއަމާންވުމާއި ދަތުރުތަނަވަސް ވުމުން އެއޮތީ ކުޅަދާނަކަންލިބި ވާޖިބުވެފައި. ކުޅަދާނަކަން ލިބުމަކީ އަމިއްލައަށް މަސަކަތްކޮށްގެން ކުޅަދާނަކަން ހޯދުންކަމުގައި ވިޔަސް އަދި މަސަކަތްކޮށް އެފަދަތަނަވަސްކަމެއް ނުލިބުނަސް އެހީތެރިކަމެއް ލިބިއްޖެނަމަ ކުޅަދާނަކަން އެއޮތީލިބިފައި