Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޝިފާން އާއި ޝަރީފު އެސިސްޓެންޓު ކޮމިޝަނަރުންގެ ރޭންކަށް ޕްރޮމޯޓުކޮށްފި

ޝިފާން އާއި ޝަރީފު އެސިސްޓެންޓު ކޮމިޝަނަރުންގެ ރޭންކަށް ޕްރޮމޯޓުކޮށްފި
ފުލުހުންގެ އޮފީސް އޮފް ދަ ކޮމިޝަނާގެ ހެޑްގެ މަގާމުގައި ހުންނެވި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އަދި ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ ހެޑް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް، އެސިސްޓެންޓް ކޮމިޝަނަރުންގެ ރޭންކަށް މިއަދު ޕްރޮމޯޓްކޮށްފިއެވެ. އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި، އެ ދެ ބޭފުޅުންނަށް ޕްރޮމޯޝަން ލިބުނު ކަމުގެ ލިޔުން ހަވާލުކުރެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނެވެ. އޭސީޕީ އަކީ އިދާރީ ގޮތުން ޕްރޮމޯޝަން ދެވޭ އެންމެ މަތީ ރޭންކެވެ. އަދި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަދި ޕޮލިސް ކޮމިޝަނަރަކީ ރައީސް އައްޔަންކުރައްވާ ދެ މަގާމެވެ.

ޝަރީފަކީ ސެންޓްރަލް ޕޮލިސިން އަދި މާލެ ސަރަހައްދުގެ ފްރޮންޓްލައިން ޕޮލިސިންގެ އިސްވެރިޔާއެވެ. އޭގެ އިތުރުން އެކި ޑިޕާޓްމަންޓުތަކުގެ އިސްކޮށް މަސައްކަތްކުރައްވައި ކޮމާންޑަރުކަން ކުރައްވާފައިވެއެވެ.

ޝިފާން އަކީ، ނޭޝަނަލް ކޮލެޖު އޮފް ޕޮލިސިން އެންޑް ލޯގެ ފުރަތަމަ އެގްޒެކެޓިވް ޑިރެކްޓަރެކެވެ. އޭނާ ވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑްކަން އަދި އައްޑޫ ޕޮލިސް އެކަޑެމީ ހިންގުމުގައި ވެސް އިސް ދައުރެއް އަދާކުރައްވައިފައެވެ.

ޝިފާން މި ވަގުތު އަންނަނީ އިނގިރޭސިވިލާތުގެ ކޮލެޖު އޮފް ޕޮލިސިން އިން އެއް އަހަރުގެ އެގްޒެކެޓިވް ލީޑަޝިޕް ޕްރޮގްރާމެއް ފުރިހަމަކުރައްވަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް