Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހުޅުމާލެ ދެ ފިޔަވަހި ގުޅޭ ޗެނަލް ބަންދު ކުރަނީ

ހުޅުމާލެ ދެ ފިޔަވަހި ގުޅޭ ޗެނަލް ބަންދު ކުރަނީ

ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބޭނުމަކަށް ހުޅުމާލެ ދެ ފިޔަވަހި ގުޅޭ ޗެނަލް ބަންދުކުރަން ނިންމައިފިއެވެ.

އެޗްޑީސީއިން ބުނީ މި މަހުގެ 15 ވަނަ ދުވަހުގެ ހެނދުނު 9 އަކުން ފެށިގެން މެންދުރު ފަހު 2 ޖަހަންދެން އެ ސަރަހައްދު ބަންދުވާނެ ކަމަށެވެ.

އިތުރަށް އެޗްޑީސީއިން ބުނީ، އެ ވަގުތު ތެރޭގައި އެ ސަރަހައްދުގައި ޖެޓްސްކީ ކުރުމާއި، މޫދަށް އެރުމާއި ޑިންގީ ހުރަސްކުރުން އަދި އެ ސަރަހައްދަށް ޑިންގީގައި ވަނުން ވެސް މަނާ ވާނެ ކަމަށެވެ.

Advertisement
Allied Insurance — Square (box)

އެޗްޑީސީއިން ބުނީ އެ ސަރަހައްދު ބަންދުކުރަނީ، އާންމުންނާއި އެ ސަރަހައްދުގައި މަސައްކަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަަށަވަރު ކުރުމަށް ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް