Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޓީއެމްއޭގެ ސީޕްލޭނެއް އެކްސިޑެންޓުވެ ދިޔަވަނީ

ޓީއެމްއޭގެ ސީޕްލޭނެއް އެކްސިޑެންޓުވެ ދިޔަވަނީ

މޫދަށް ޖައްސަން ދިޔަ ޓީއެމްއޭގެ ސީޕްލޭނެއްގެ ކަނދު ނެއްޓި، ބޯޓު ދިޔަވާން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ވެސްޓް އިން މޯލްޑިވްސް މިރިއަންދޫ ރިސޯޓް ކައިރީގައެވެ. ބޯޓުގެ އެއް ކަނދު ނެއްޓިފައިވާއިރު، އެ ބޯޓު ދިޔަވާތީ ސަލާމަތް ކުރަން ދަނީ މަސައްކަތް ކުރަމުންނެވެ.

https://twitter.com/MvCrisis/status/1799771830137536719

Advertisement
Ooredoo — Truecaller (box)

މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ، ބ. އަތޮޅުގެ ރިސޯޓަކަށް މިއަދު ސީޕްލޭނެއް ޖައްސަން އުޅުމުގެ ތެރޭގައި ހާދިސާއެއް ހިނގި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.

ސިފައިން ބުނީ އެ ބޯޓު ދަތުރުކުރި ހުރިހާ ޕަސެންޖަރުން މާލެ ގެނެސްފައިވާ ކަމަށް ޓީއެމްއޭއިން މައުލޫމާތު ދީފައިވާ ކަމަށެވެ. އެކަމަކު ބޯޓުން ދަތުރުކުރީ ކިތައް މީހުންކަމެއް ނުވަތަ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ސިފައިން ހާމައެއް ނުކުރެއެވެ.

މިކަމާ ގުޅޭ ގޮތުން ޓީއެމްއޭގެ ބަހެއް އަދި ނުލިބެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް