ޚަބަރު އިޖުތިމާޢީ

ތޮއްޑޫ ކައުންސިލް އިދާރާއަށް ގެއްލުން ދިން މައްސަލައިގައި 8 މީހަކު ހައްޔަރުކޮށްފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ތޮއްޑޫ ކައުންސިލް އިދާރާ ކުރިމަތީގައި ކުރި މުޒާހަރާގެ ތެރެއިން

މިމަހު 5 ވަނަ ދުވަހު ތޮއްޑޫ ކައުންސިލް އިދާރާ ކުރިމަތީގައި ކުރި މުޒާހަރާއެއްގައި އެ އިމާރާތަށް ގެއްލުން ދިން މައްސަލައާއި ގުޅިގެން 8 މީހުން ހައްޔަރުކޮށްފި އެވެ.

Ads by Hajj Corporation

ތޮއްޑޫގައި މުޒާހަރާ ކުރީ ދަނޑުވެރިކަމަށް އެރަށުން ބިން ދޫކުރި ގޮތާއިމެދު ހިތްހަމަނުޖެހިގެންނެވެ. މުޒާހަރާ ކުރި މީހުން ވަނީ ކައުންސިލް އިދާރާ ހުންނަ އިމާރާތުގެ ފުރާޅަށް ގާ އުކައިފަ އެވެ. އަދި އެ އިމާރާތުގެ ބިއްލޫރިތައްވެސް ވަނީ ތަޅާލައިފަ އެވެ.

ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 8 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށްވެސް ފުލުހުން ބުންޏެވެ.

https://x.com/ZuvanDhaduveria/status/1798318355230896288

 

ތޮއްޑޫގައި މުޒާހަރާއަށް އެއްވި މީހުން އަމަލުކުރި ގޮތުން މުޒާހަރާ ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހަކަށްވެސް އަނިޔާވި އެވެ. ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު އެ އޮފިސަރު ވަނީ ދޫކޮށްލާފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!