Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ސަރުކާރު

ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ހެޔޮކޮށްފި

ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ހެޔޮކޮށްފި

ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސެލްގެ އަގު ހެޔޮކޮށްފި އެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން މިކަން ވަނީ އެކްސްގައި އިއުލާން ކޮށްފަ އެވެ. އެވުޒާރާއިން ބުނީ މަސްވެރިންނަށް ވިއްކާ ޑީސެލްގެ އަގު ޝެޑުތަކުން ވިއްކާ އަގަށް ހެޔޮކޮށްފައިވާ ކަމަށެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދު ފުއްދެވުމަށް އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން އެޅި ފިޔަވަޅެއް ކަމަށްވެސް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުންޏެވެ. އަގުތަކުގެ ތަފްސީލު ވުޒާރާއިން ހާމައެއް ނުކުރެ އެވެ.

Advertisement
Ooredoo — Truecaller (box)

މަސްވެރިންނަށް ވިއްކާ ޑީސެލްގެ އަގަށް ބަދަލު ގެނެސްފައިވާއިރު، މިހާރުވެސް މިފްކޯގެ މަސް ކާރުޚާނާތައް ހުންނަ ރަށްރަށުން މަސްވެރިންނަށް ޑީސެލް ފޯރުކޮށްދެމުން ދަނީ ޚާއްސަ އަގެއްގަ އެވެ. މީގެ ދެ ހަފްތާ ކުރިން އެސްޓީއޯއިން ވެސް ވަނީ ތެލުގެ އަގު ހެޔޮކޮށްފަ އެވެ.

އެސްޓީއޯއިން އެންމެ ފަހުން ވަނީ ޑީސަލް ލީޓަރަކުން 70 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރި ވަނީ ކުޑަކޮށްފަ އެވެ. މި ބަދަލާއިއެކީ ޕެޓްރޯލް ލީޓަރެއް 12.98 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއް 13.92 ރުފިޔާއަށް ލިބޭނެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް