ކުޅުދުއްފުށި ކްލިނިކަކުން ވައްކަން ކުރި މައްސަލައެއް ތަހުގީގު ކުރަނީ

ކުޅުދުއްފުށި ސިޓީގައި ހުންނަ ކްލިނިކަކުން ވައްކަން ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
އެ ކްލިނިކުން ވައްކަން ކުރިކަމުގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.
ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އިތުރު ތަފްސީލެއް ހިއްސާކޮށްފައެއް ނުވެ އެވެ.
މިމައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ދާކަމަށްވެސް ފުލުހުން ބުންޏެވެ.
އީދު ބަންދާއި ދިމާކޮށް ވައްކަމުގެ މައްސަލަތައް ކޮންމެ އަހަރަކުވެސް އިތުރުވެ އެވެ. އެހެންވެ ފުލުހުން އަންނަނީ ވައްކަން ކޮށްފާނެކަމަށް ބެލެވޭ ހުރިހާ ދޮރުތަކެއް ރަނގަޅަށް ބަންދު ކުރުމަށްފަހު އީދު ޗުއްޓީއަށް ތަންތަނަށް ދިޔުމަށް އިލްތިމާސް ކުރަމުންނެވެ.