Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޖާޒީތަކެއް ވަގަށް ނެގި ބަޔަކު ހައްޔަރު ކޮށްފި

ޖާޒީތަކެއް ވަގަށް ނެގި  ބަޔަކު ހައްޔަރު ކޮށްފި

ވަގަށް ނަގައިގެން އުޅޭ ކަމަށް ތުހުމަތުކުރެވޭ ޖާޒީތަކެއް ވަގަށްނެގި ކަމުގެ ތުހުމަތުގައި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ، ވަގަށް ނަގައިގެން އުޅޭ ކަމަށް ތުހުމަތުކުރެވޭ ޖާޒީތަކެއް ގެންގުޅުން ކަމުގެ މައްސަލައެއް މިއަދު މެންދުރު 1:15 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލައާއި ގުޅިގެން ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

Advertisement
HDC — Sidebar (box)

މީގެއިތުރުން، މިދިޔަ ބުދަ ދުވަހު ރ. މަޑުއްވަރީ ޕޮލިސް ސްޓޭޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވަގަށް ނަގައިގެން އުޅޭ ކަމަށް ތުހުމަތު ކުރެވޭ ސާމާނުތަކެއް ވެސް ހޯދާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އިތުރަށް ފުލުހުން ބުނީ، އެ މައްސަލައިގައި ވައްކަން ކުރިކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި ދެ މައްސަލައާއި ގުޅޭ އިތުރު މައުލޫމާތު ހިއްސާކޮށްފައިނުވި ނަމަވެސް، މި ދެ މައްސަލަ ވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް