Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރައީސް މުއިއްޒަށް 46 އަހަރު ފުރިއްޖެ

ރައީސް މުއިއްޒަށް 46 އަހަރު ފުރިއްޖެ

ރައީސް ޑރ މުހައްމަދު މުއިއްޒު އަށް 46 އަހަރު ފުރިވަޑައިގެންފި އެވެ.

ރައީސް މުއިއްޒު އުފަންވެވަޑައިގެންނެވީ 1978 ވަނަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހު ވެރިރަށް މާލެއަށެވެ. އެމަނިކުފާނުގެ މަންމާފުޅަކީ ހުސްނާ އާދަމް އެވެ. ބައްޕާފުޅަކީ ޝެއިހް ހުސެއިން އަބްދުއްރަހުމާން އެވެ.

މީގެ ކުރިން މީޑިއާއަކަށް ދެއްވާފައިވާ އިންޓަވިއުއެއްގައި ހުސްނާ ވިދާޅުވި ގޮތުގައި ރައީސް މުއިއްޒުގެ ފަރާތްޕުޅުން ތުއްޕުޅުއިރުވެސް ފެނިވަޑައިގެންނެވީ ނަމޫނާ ސިފަތަކެވެ. ހުސްނާ ވިދާޅުވި ގޮތުގައި ދަރިކަލުންނަކީ ވަރަށް މަޑުމައިތަރި ބަސްމަދު ބޭފުޅެކެވެ.

Advertisement
Ooredoo — Square (box)

ރައީސްގެ އައިލާގެ ބޭފުޅަކު "ދެން" އަށް ވިދާޅުވީ ރައީސް އަކީ އެއްވެސް އިރެެއްގައި އުފަންދުވަން ފާހަގަކުރުމަށް ވަކި ހާއްސަކަމެއް ކުރައްވާ ބޭފުޅެއް ނޫން ކަމަށެވެ.

"އެކަމަކު ބައެއް ފަހަރު ރައީސްގެ ބޭފުޅުން ކަންކަން ރާއްވަވާ އުފަންދުވަސް ފާހަގަކުރަން. އާއިލާއަކުން އެއްވެސް ގޮތަކަށް އުފަންދުވަސް ފާހަގައެއް ނުކުރެވޭ" ރައީސްއާ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ކައިވެންޏަށް ތިން ބޭފުޅަކު ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ ދަރިކަނބަލަކާއި ދެ ދަރިކަލުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އަކީ ރައީސް މުއިއްޒުގެ އެއްބަނޑު ކޮއްކޯފުޅެވެ.

ރައީސް މުއިއްޒު ސަރުކާރަށް ހިދުމަތްކުރައްވަން ފެށްޓެވީ 1998 ވަނަ އަހަރުގެ މާޗް މަހު އެވެ. އަދާކުރެއްވި ފުރަތަމަ ވަޒީފާއަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާކްސްގެ ޕްލޭނިން ޓެކްނީޝަން ޓްރޭނީއެއްގެ މަގާމެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް