ދީން

އުފާ ފާޅުކުރުމުގައި އެހެން ދީންތަކުގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލަން ޖެހޭ: އީދު ހުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން

އުފާ ފާޅުކުރުމުގައި އެހެން ދީންތަކުގެ އަހުލުވެރީންގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލަން ޖެހޭ ކަމަށް އީދު ހުތުބާގައި ބުނެފިއެވެ. 

Ads by MWSC

ހުތުބާގައި ބުނީ ޤައުމަކަށް ލިބޭނެ ބޮޑު ނިޢުމަތަކީ، އެ ޤައުމަކީ އަމަންއަމާންކަން ލިބިފައިވާ، އެ ޤައުމުގެ އަހުލުވެރީންނަކީ، އުފާ ފާގަތިކަން ލިބިފައިވާ ބަޔަކަށް ވުން ކަމަށެވެ. މި ކަންކަން އެ ބަޔަކަށް ޙާޞިލުވާނީ، ދޭދޭ ފަރުދުންގެ ގުޅުންތައް ވަރުގަދަވެ، އެއްބައިވަންތަ ބަޔަކަށް ވެގެން ކަމަށާއި ޚިޔާލުތަފާތުވުންތަކުގައި އެކަކު އަނެކަކަށް އިޙްތިރާމުކޮށް، އަމިއްލަ މަޞްލަޙަތުގެ ބަދަލުގައި، ދީނާއި، ވަޠަނުގެ މަޞްލަޙަތު އިސްކޮށްގެން ކަމަށެވެ.

އަދި މުސްލިމުން އުފާ ފާޅުކުރާ އިރު، އިސްލާމްދީނުގެ އުޞޫލުތަކަށް ތަބަޢަވާންޖެހޭ ކަމަށާއި ދީނުގައި ޙަރާމްކުރައްވައިފައިވާ ކަންކަން ކުރުމާއި، އުފާ ފާޅުކުރުމުގައި އެހެން ދީންތަކުގެ އަހުލުވެރީންގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލާން ޖެހޭ ކަމަށް ހުތުބާގައި ބުންޏެވެ.

މީގެ އިތުރުން އިސްލާމްދީނަކީ ޢިއްޒަތްތެރިކަން ލިބިގެންވާ ދީނެއް ނަމަވެސް، މިއަދު އަހަރެމެން މުސްލިމުން މި ވަނީ ވަރަށް ނިކަމެތިވެފައި ކަމަށާއި މިކަން އެންމެ ބޮޑަށް ދޭހަކޮށްދޭ އެއް ކަމަކީ، ފަލަސްޠީނުގެ ރަފަޙާއި، ޣައްޒާއާއި، އެހެނިހެން ބިންތަކަށް ޞަހުޔޫނީން ވެރިވެގަނެފައިވީ ހިނދުވެސް، މި ބޮޑު އުންމަތް، އެ ލޮބުވެތި އަޚުންނާއި އުޚުތުން ހިމާޔަތްކުރުމަށް ނުކުޅެދިފައިވުމުން ކަމަށް ހުތުބާގައި ބުންޏެވެ. އެހެންކަމުން މި މަތިވެރި ދުވަހު އުންމަތް ބިނާކުރުމަށް ޢަޒުމްކަނޑައެޅުމަށް ހުތުބާގައި ގޮވައިލެއްވިއެވެ. 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!