ޚަބަރު

މޫސުން ގޯސްވެގެން ޕީއެންސީ ޖަގަހަ ހުޅުވުން ފަސްކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން
ޕީއެންސީގެ ހައުސް/ ފޮޓޯ: ދައުރު

މޫސުން ގޯސްވުމުގެ ސަބަބުން ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ޖަގަހަ ހުޅުވުން ފަސްކޮށްފި އެވެ.

Ads by MWSC

ޕީއެންސީގެ އައު ޖަގަހަ ހުޅުވަން ތާވަލުކޮށްފައި އޮތީ މިރޭ 20:30 ގައެވެ.

އެހެން ނަމަވެސް މިރޭ އެ ޕާޓީން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިރޭ ބާއްވަން އޮތް އިވެންޓް މާދަމާ ރެއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ޖަގަހަ ހުޅުވައި ދެއްވާނީ ރަސްމިއްޔާތުގައި ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ.

ޕީއެންސީގެ އައު ޖަގަހަ "ޕީއެންސީ ހައުސް" ހަދާފައިވަނީ ހ.ވެޔޮވިލާގަ އެވެ. އެއީ މީގެ ކުރިން އިދިކޮޅު މައި ޕާޓީ އެމްޑީޕީއާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިސްވެ ހުންނަވާ އުފެއްދި ދަ ޑިމޮކްރެޓްސްގެ ޖަގަހަވެސް ހިންގިތަނެވެ.

އިލެކްޝަން ކޮމިޝަންގެ ދަފްތަރު ދައްކާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕީއެންސީގައި 27704 މެންބަރުން އެބަތިއްބެެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!