Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޕީއެސްއައިޕީ ބަޖެޓުގެ ދެބައިކުޅައި އެއްބައި ގެދޮރުވެރިކަމަށް ހާއްސަކުރަނީ

ޕީއެސްއައިޕީ ބަޖެޓުގެ ދެބައިކުޅައި އެއްބައި ގެދޮރުވެރިކަމަށް ހާއްސަކުރަނީ

ކޮންމެ އަހަރެއްގެ ޕަބްލިކް ސާވިސް އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ބަޖެޓުގެ ދެބައިކުޅަ އެއްބައި ހާއްސަކުރާނީ ގެދޮރުވެރިކަމުގެ މަޝްރޫއުތަކަށް ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ އައު ޖަގަހަ ހުޅުވައި ދެއްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ވަޒީފާގެ ފުރުސަތު ހޯދައި ދިނުމާއި ގެދޮރުގެ ފުރުސަތު ދިނުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމަށެވެ. އަދި އެކަންކަމަށް ބޮޑު އިސްކަމެއްދެއްވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންނެވި މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށްނުދަނީ މިހާރު ފާސްކޮށްފައި އޮތް ބަޖެޓަކީ އިދިކޮޅު އެމްޑީޕީ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން ފާސްކޮށްފައި އޮތް ބަޖެޓަކަށްވާތީވެ ކަމަށެވެ.

ދަތިތަކާއި އެކުވެސް މަޝްރޫއުތައް ކުރިއަށްދާކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ 20 މަޖިލީހުން ފާސްކުރާ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއްދޭނީ ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގުމަށް ކަމަށެވެ.

Advertisement
Allied — Dhen Online (box)

"ޕީއެސްއައިޕީ މަޝްރޫއުތަކުގެ އޭގެ ދެބައިކުޅަ އެއްބައި މަދުވެގެން 50 އިންސައްތަ ކޮންމެ އަހަރަކު ކަނޑައަޅާނީ ގެދޮރުވެރިކަމަށް، މިއީ ދުވަހަކުވެސް ރާއްޖޭގައި ކުރިކަމެއް ނޫން" ރައީސް ވިދާޅުވި އެވެ.

އެ ޖަލްސާގައިވެސް ރައީސް ދެއްވި ޔަގީންކަމަކީ މި ސަރުކާރުން ވެފައިވާ ވައުދުތައް އަކުރުން އަކުރަށް ރަނުން ރަނަށް ފުއްދާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް