ކުޅިވަރު ފުޓްބޯޅަ

ރޮނާލްޑޯގެ ފުރަތަމަ ގޯލުގެ އިންތިޒާރުގައި ތިއްބާ ޕޯޗުގަލް ބަލިކޮށް ޖޯޖިއާ ދެވަނަ ބުރަށް

ސްޕޯޓްސް ޓީމް ، ދެން އޮންލައިން

ޔޫރޯ 2024 ގައި ޕޯޗުގަލް ބަލިކޮށް ޖޯޖިއާއިން ފުރަތަމަ ފަހަރަށް ކުޅޭ ޔޫރޯގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

Ads by MWSC

މިރޭ ޕޯޗުގަލްއާއި ޖޯޖިއާ ބައްދަލުކުރި މެޗު ޖޯޖިއާއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

އެ މޮޅާއެކު ޖޯޖިއާ މޮޅުވެ އެ ޓީމަށް ވަނީ ހަތަރު ޕޮއިންޓު ލިބިފައެެވެ. ނަމަވެސް އެ ޓީމު އޮތީ ތާވަލުގެ ތިންވަނައިގައެވެ. މެޗުން ބަލިވި ޕޯވުގަލް އެއްވަނައިގައި އޮތީ ހަ ޕޮއިންޓު ހޯދަައިގެންނެވެ. ދެވަނައިގައި ތުރުކީ ވެސް އޮތީ ހަ ޕޮއިންޓާއެކުއެވެ. އެ ގްރޫޕްގެ ފުލުގައި އޮތީ  ޗެކް ރިޕަބްލިކެވެ..

އެހެންކަމުން ގްރޫޕް އެފްއިން ދެވަނަ ބުރަށް ދާނީ ޕޯޗުގަލްއާއި ތުރުކީގެ އިތުރުން ޖޯޖިއާއެވެ.

ޔޫރޯ މުބާރާތުގެ ކުރިއަށް ގެންދާ ގޮތުން ހަ ގްރޫޕްގެ އެއްވަނަ އަދި ދެވަނަ  ހޯދާ ޓީމަށް  ދެވަނަ ބުރުން ޖާގަ ލިބޭނެއެވެ. އަދި އެ ގްރޫޕްތަކުން ތިންވަނައަށް އަންނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމަކަށް ވެސް ދެވަނަ ބުރަށަ ދެވޭނެއެވެ. ހަތަރު ޕޮއިންޓު ހޯދައި ޖޯޖިއާ ދެވަނަ ބުރަށް ގޮސްވަނީ ތިންވަނައަށް ދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓު ލިބުނު ޓީމުގެ ގޮތުގައެވެ.

މެޗުގެ ފުރަތަމަ މިނެޓުގައި ޖޯޖިއާއިން ވަނީ ގޯލުޖަހައި މެޗުގެ ލީޑުނަގައިފަައެވެ. އެ ގޯލަކީ ޕޯޗުގަލްގެ އެންޓޯނިއޯ ސިލްވާ  ދިން މިސް ޕާހެއްގެ ފައިދާ ނަގައިގެން ވައްދާލީ، ޖޯޖެސް މިކައުޓްޒޭ ތަނަވަސްކުރި ފުރުސަތަކުން އެ ގޯލު ޖެހީ ކްވިޗާ ކްރަވަޝްކޭލިއާއެވެ.

ނަމަވެސް ޕޯޗުގަލްއިން ވަނީ މެޗުގެ ތެރެއަށް ވަދެ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ 42 ވަނަ މިނެޓުގައި ޖޯޖިއާ އޭރިއާ ބޭރުން ޕަލީނިއާ ފޮނުވާލި ބާރުހަމަލާ ދިޔައީ ދަނޑިކައިރިން ބޭރަށެވެ. އޭގެ ދެ މިނެޓުފަހުން ޕޯޗުގަލްގެ ޔައޯ ފެލިކްސް އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ދިފާއުކުރީ ޖޯޖިއާގެ ކީޕަރެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީ ކޮޅު، މެޗުގެ 56 ވަނަ މިނެޓުގައި ޖޯޖިއާއިން ވަނީ އަނެއްކާ ގޯލެއްޖަހައި ދެވަނަ ބުރާ ގާތަށް ޖެހިލައިފައެވެ. އެ ގޯލަކީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން މިމައުޓްޒޭ ކާމިޔާބުކުރި ގޯލެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!