ޚަބަރު ވިޔަފާރި

"އުރީދޫ ފަން ރަން" އަށް ލާމަށް ދާ ފަރާތްތަކަށް މޯލްޑިވިއަނުން ހާއްސަ އޮފާއެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭގެ ގައުމީ އެއާލައިން އަދި މިއަހަރުގެ "އުރީދޫ ފަން ރަން"ގެ ޓްރެވަލް ޕާޓްނަރު މޯލްޑިވިއަން އިން މި ހަރަކާތުގައި ބައިވެރިވާ ދަތުރުވެރިންނަށް ހާއްސަ ޕްރޮމޯޝަނެއް ހުޅުވާލައިފި އެވެ.

Ads by Hajj Corporation

މި އޮފާގެ ދަށުން ލާމު އަތޮޅުގައި ބާއްވާ އުރީދޫ ފަން ރަންގައި ރަޖިސްޓްރީވެފައިވާ ބައިވެރިންނަށް މާލެ- ކައްދޫ ދެކޮޅު ޓިކެޓު 2488 ރުފިޔާއަށް ލިބިގެންދާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

ޖުލައި މަހުގެ 5 ވާ ހުކުރު ދުވަހު ލ. އަތޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ފަން ރަން ވެސް ވެގެންދާނީ ބައިވެރިންނަށް އުފާވެރި މަޖާ ތަޖުރިބާއަކަށެވެ. ކޮންމެ ކިލޯމީޓަރެއްގައި ވެސް ފޯމް، ފެން ނުވަތަ އޮބްސްޓަކަލް ކޯސް ބަހައްޓާފައި ހުންނާނެ އެވެ.

ރާއްޖޭގައި ބޭއްވޭ އެންމެ އުފާވެރި ދުވުމުގެ ޓްރެވަލް ޕާޓްނަރެއްގެ ހައިސިއްޔަތުން މޯލްޑިވިއަނުން ތިރީގައިވާ ރޫޓަށް ހާއްސަ އަގުތަކެއް ލިބޭނެއެވެ.

  • ޖުލައި މަހުގެ 4 އިން- 5 ވަނަ ދުވަހުގެ ނިޔަލަށް މާލެއިން ކައްދޫއަށް
  • ޖުލައި މަހުގެ 6 އިން- 7 ވަނަ ދުވަހުގެ ނިޔަލަށް ކައްދޫއިން މާލެއަށް

މި އޮފާ ބޭނުންކުރުމަށް އުރީދޫ ފަން ރަން ގައި ރެޖިސްޓާވެފައިވާ ފަރާތްތަކުން އޯޑާ އައިޑީ އާއެކު އީމެއިލް ސަބްޖެކްޓްއެއްގެ ގޮތުގައި "އުރީދޫ ފަން ރަން ލާމު" ޖެހުމަށްފަހު [email protected] އީމެއިލް ކުރުމަށް މޯލްޑިވިއަނުން ވަނީ އެދިފަ އެވެ.

"އުރީދޫ ފަންރަން ގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި އިވެންޓް ވެގެންދާނީ ލ. އަތޮޅުގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ އަދި ސިއްހަތާއި ދުޅަހެޔޮކަން ކުރިއެރުވުމުގެ ވަރަށް ފުރިހަމަ މިކްސްއަކަށް. ޓްރެވަލް ޕާޓްނަރެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ މަގުސަދަކީ ގިނަ ފަރާތްތަކަކަށް ރާއްޖޭގައި ބޭއްވޭ މި އުފާވެރި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުން" މޯލްޑިިވިއަންގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް އިޔާސް ވިދާޅުވި އެވެ.

"އުރީދޫ ފަން ރަން - ލާމުގައި މޯލްޑިވިއަން ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ހަރަކާތަކީ ލ. އަތޮޅުގެ ހިތްގައިމު މާހައުލުގައި ސިއްހަތާއި ދުޅަހެޔޮކަމާއި އެއްބައިވަންތަކަމުގެ އުފާފާޅުކުރުމުގެ ހަރަކާތެކެވެ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މި ހާއްސަ އެއާފެއާގެ ސަބަބުން އިތުރު ބައިވެރިންނަށް މި ރަންގައި ބައިވެރި ވުމަށް ފަސޭހަވެގެންދާނެ." އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!