Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
އިޖުތިމާޢީ

ވިލިނިގިލީގައި ކުއްޖަކަށް ގަނާކުރާ މައްސަލަ ބަލަނީ

ވިލިނިގިލީގައި ކުއްޖަކަށް ގަނާކުރާ މައްސަލަ ބަލަނީ

ގއ. ވިލިނގިލީގައި 18 އަހަރު ނުފުރޭ އަންހެން ކުއްޖަކަށް ރަށު މީހުން ގަނާ ކުރަމުން އަންނަ މައްސަލައެއް ބަލަން ފަށައިފި އެވެ.

މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ދަނީ ވީޑިއޯތަކެއް ވެސް އާންމުވަމުންނެވެ. ކުއްޖާގެ އާއިލާއިން "އެކްސް" ގައި ބުނެފައިވާ ގޮތުގައި ގަނާ ކުރަމުން އަންނަ މީހުން ދަނީ ސުކޫލު ތެރޭގައި ހިނގި ކަމަކާ ގުޅުވާ ކުއްޖާއާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ރަށުގައި ފަތުރަމުންނެވެ.

އެކަމާ ގުޅިގެން ރަށު ބައެއް މީހުން ގޭ ދޮށަށް އެއްވެ އަޑުގަދަ ކުރަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.

Advertisement
Allied Insurance — Square (box)

މިކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެ މައްސަލަ ގުޅުންހުރި އިދާރާތަކާ އެކު ބަލަމުންދާ ކަމަށާއި މަސްލަހަތު ހިމެނޭ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ޔަގީންކޮށް ދިނުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ.

ޝިފާން ވަނީ ކުޑަކުދިންނާމެދު އެކުދިންގެ ރައްކާތެރިކަމާއި ދިރިއުޅޭ މާޙހައުލުގެ އުފާވެރިކަން ގެއްލޭ ޒާތުގެ ވާހަކަ ދެއްކުމާއި ކަންކަން އެއްވެސް ފަރާތަކުން ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް