ކުޅިވަރު ފުޓްބޯޅަ

ފަރުވާތެރި ނުވެއްޖެނަމަ އިތުރު ފުރުސަތެއް ދެން ނުލިބޭނެ: ޑެޝޯމްޕްސް

ސްޕޯޓްސް ޓީމް ، ދެން އޮންލައިން

ޔޫރޯ 2024 ގެ ދެވަނަ ބުރަަށް ފްރާންސް ނިކުންނައިރު އެ ޓީމު ވަރަށް ބޮޑަށް ފަރުވާތެރި ވާންޖެހޭނެކަމަށް އެ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފިއެވެ.

Ads by Hajj Corporation

ގްރޫޕް ސްޓޭޖުގެ ކުޅުންނިމި ދެވަނަ ބުރުގައި ބެލްޖިއަމްއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ޑްޝޯމްޕްސް ބުނީ އެ ޓީމުން ގޯލުޖެހުމަށް އިތުރަށް މަސައްކަތްކުރާނެކަމަށެވެ.

މިރޭ ލިބޭ ފުރުސަތުގެ ބޭނުން ނުހިފިއްޖެނަމަ ދެން އިތުރު ފުރުސަތެއް ނުލިބޭނެކަމަށް ވެސް އޭނާ ބުންޏެވެ.

މޮޅެތި ކުޅުންތެރިންތަކެއްގެ މައްޗަށް އެކުލެވޭ ފްރާންސްއަށް މިއަހަރު ޔޫރޯގެ ގްރޫޕް ސްޓޭޖުގައި ޖެހުނީ އެންމެ ގޯލެކެވެ. އެހެންކަމުން ގިނަ ބަޔަކު ވަނީ ޑިޝޯމްޕްސްއަށް ފާޑުކިޔައިފައެވެ.

އެ ފާޑުކިޔުންތަކަށް ރައްދުދީ އޭނާ ބުނީ ގްރޫޕް ސްޓޭޖު ބުރު ނިި ދެވަނަ ބުރުގެ ކުޅުން ފެށޭއިރު ގްރޫޕް ސްޓޭޖުގެ ކަންކަމުގެ ހަނދާންތައް ނައްތާލަން ޖެހޭކަމަށެވެ.

ނޮކްއައުޓް ބުރަކީ މުބާރާތުގައި އަންނަ މުޅިން ތަފާތު މުބާރާތެއްކަމަށް ވެސް އޭނާ ބުންޏެވެ.

މީގެއިތުރުން  އޭނާ ބުނީ މިރޭގެ މެޗަށް ފްރާންސް ނިކުންނާނީ ފުރިހަމައަަށް ތައްޔާރުވެގެންކަމަށެވެ.

އަހަރުމެންނަށް އެބަހުރި ބެލްޖިއަމްގެ މައުލޫމާތު ލިބިފަ. އެހެންވީމަ އަހަރުމެން މިތިބީ ރަނގަޅަށް ތައްޔާރުވެ: ޑެޝޯމްޕްސް

ޔޫރޯ 2024 ގެ ދެވަނަ ބުރުގަައި ފްރާންސްއާއި ބެލްޖިއަމް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 9:00 ގައެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ކުއާޓާ ފަައިނަލުން ޖާގަ ލިބޭނެއެވެ.

Ads by Allied Insurance