ޚަބަރު އިޖުތިމާޢީ

ދައުރުވަނީ ފޭކް މެސެޖުތަކެއް، ރިސިޕްޓްތަކުގެ މައްސަލަ ހައްލުކޮށްފިން: އެޗްޑީސީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އެޗްޑީސީ ކަސްޓަމާ ކެއާ؛ އެ ކުންފުނީގެ ނަމުގައި ބަޔަކު ދަނީ ފޭކް މެސެޖުތަކެއް ދައުރުކުރަމުން

އެ ކޯޕަރޭޝަނުގެ ނަމުގައި ދައުރުވަމުން ދަނީ ސްޕޭމް މެސެޖުތަކެއް ކަމަށާއި ޕޭމަންޓް ރިސީޕްޓްތަކަށް ދިމާވި މައްސަލަ ހައްލުކޮށްފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

Ads by MWSC

އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރޭގެ ވަގުތެއްގައި ކޯޕަރޭޝަނުގެ ނަމުގައި އޯޓީޕީގެ ގޮތުގައި ސްޕޭމް މެސެޖުތަކެއް ފޮނުވާފައިވާކަން އެ ކޯޕަރޭޝަނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެ ކޯޕަރޭޝަނުގެ ޕޭމަންޓް ރިސިޕްޓްތަކަށް ރޭ ދިމާވި މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.

އެ މެސެޖުތަކަކީ އެ ކޯޕަރޭޝަނުން ފޮނުވާފައިވާ މެސެޖުތަކެއް ނޫންކަން ފާހަގަކޮށް އެޗްޑީސީން ވަނީ ކުރިއަށް އޮތް ތަނުގައި އެގޮތަށް ދައުރުވާ މެސެޖުތަކާ މެދު ކަސްޓަމަރުން ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

އެޗްޑީސީން ބުނި ގޮތުގައި އެ ކޯޕަރޭޝަނުގެ ކަސްޓަަމަރުންނާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޑޭޓާގެ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމުގަ އެވެ.

ކަސްޓަމަރުންގެ މައުލޫމާތާއި ސެކިއުރިޓީއަކީ އެ ކޯޕަރޭޝަނުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށް އެޗްޑީސީން ބުނެ އެވެ. އެ ކޯޕަރޭޝަނުން ވަނީ އެގޮތަށް ލިބޭ ސްޕޭމް މެސެޖުތަކަށް ކަސްޓަމަރުން ކުރިއަށް އޮތް ތަނުގައި ވެސް ސަމާލުވުމަށާއި އޯޓީޕީ ފަދަ ސެކިއުރިޓީ ކޯޑުތައް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.