ކުޅިވަރު ފުޓްބޯޅަ

ކުއާޓާ ހައްގު، އެނބުރި ގައުމަށް ދާންޖެހޭކަމަށް ގަބޫލެއް ނުކުރަން: އޮސްޓްރިއާ ކޯޗު

ސްޕޯޓްސް ޓީމް ، ދެން އޮންލައިން

ޔޫރޯ 2024 ގެ ކުއާޓާ ފައިނަލަށް އޮސްޓްރިއާ ދިއުން ހައްގުކަމަށް އެ ޓީމުގެ ކޯޗު ރަފާ ރަންގްނިކް ބުނެފިއެވެ.

Ads by STELCO

ރޭ ޔޫރޯ ނޮކްއައުޓް ބުރުގައި ތުރުކީ އަތުން ބަލިވެ އޮސްޓްރިއާ މުބާރާތާ ވަކިވާން ޖެހުނު މެޗަށްފަހު ވާހަކަދައްކަމުން ރަންގްނިކް ބުނީ އެ ޓީމު މުބާރާތުން ކަޓައި އެނބުރި ގައުމަށް އަދި ދާންޖެހޭކަމަށް އެއްގޮތަކަށް ވެސް އޭނާއަަށްގަބޫލުނުކުރެވޭކަމަށެވެ.

މީ ތާރީހު ލިޔެލަން ލިބުނު ފުރުސަތެއް، ތުރުކީ ބަދަލުކޮށްގެން ނެދަލެންޑްސްއާ ދެކޮޅަށް ނިކުމެވުނީސް. މިއަދު އަހަރުމެން ކަޓަން ޖެހޭކަމަކަށް ގަބޫލެއް ނުކުރަން: ރަންގްނިކް

އޭނާ ބުނީ ޔޫރޯގައި އޮސްޓްރިއާ ފުރިހަމަ ހަތަރު މެޗު ކުޅެފައިވާމަށެވެ. ރޭގެ މެޗަކީ ވެސް ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މެޗެއްކަމަށް ވެސް ރަންގްނިކް ބުންޏެވެ.

ރޭގައި މެޗުގައި ތުރުކީން ޖެހި ދެ ގޯލަކީ ވެސް ކޯނަރުން ޖެހި ދެ ގޯލުކަން ފާހަގަކޮށް ރަންގްނިކް ބުނީ  ކޯނަރުތަކާއި ހިލޭ ޖެހުންތަކުގަައި އެ ގޯސް ހެދޭކަމަށެވެ. އެހެންނަމަވެސް އޭނާ ބުނީ ދެ ގޯލުޖަހައިފައި ވަނިކޮށް މޮޅުވަކީ އުނދަގޫކަމެއްކަން އެނގިތިބެ ވެސް ކުޅުންތެރިން ކެނޑިނޭޅި މަސައްކަތް ކުރިކަމަށެވެ. އޭގެ ނަތީޖާއަކީ ޓީމަށް ގޯލެއްޖެހި ގިނަ ފުރުސަތުތަކެއް ތަނަވަސްވުންކަމަށް އޭނާ ބުންޏެވެ.

ރޭގެ މެޗުން މޮޅުވެ އޮސްޓްރިއާ ކުއާޓާ ފައިނަލުން ޖާގަ ހޯދުނުނަމަ އެ ޓީމަށް އެއީ ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. އެ ޓީމު ތާރީހުގައި އަދި ނޮކްއައުޓް ބުރު ފަހަނައަޅައި ކުރިއަށް ދެވިފައެއް ނުވެއެވެ.

އޮސްޓްރިއާ ނޮކްއަައުޓް ބުރުން ޖާގަ ހޯދީ ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ފޭވަރިޓުން ފަހަތަށް ޖެއްސުމަށްފަހުގައެވެ. އެ ގްރޫޕްގަަައި ގަދަފަދަ ފްރާންސްއާއި ނެދަލެންޑްސް ހިމެނުނެވެ. އެގޮތުން އޮސްޓްރިއާ އެއްވަނަ ހޯދުމުން ފްރާންސްއަށް ލިބުނީ ދެވަނައެވެ. ތިންވަނަ ލިބުނީ ނެދަލެންޑްސްއަށެވެ. އެ ދެ ޓީމު ވެސް ވަނީ ނޮކްއައުޓް ބުރުގެ މެޗުތައް ކާމިޔާބުކޮށްގެން ކުއާޓާ ފައިނަލަށް ގޮސްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!