ހުޅުމާލޭގެ ރަށު މާރުކޭޓުގެ ގޮޅިތައް ކުއްޔަށް ދޫކުރަނީ
ހުޅުމާލޭގައި ގާއިމްކޮށްފައިވާ ރަށު މާރުކޭޓުން ގޮޅި ކުއްޔަށް ނަގަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
ރަށު މާރުކޭޓުން ގޮޅި ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުމުގެ ގޮތުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ އިއްޔެ އިއުލާނެއް ކޮށްފަ އެވެ.
އެޗްޑީސީން ބުނީ ގޮޅި ހިންގުމަށް ކުއްޔަށް ދޭނެ ފަރާތެއް ކަނޑައަޅާނީ ބީލަމުގެ އުސޫލުން، ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގު ހުށަހަޅާ ފަރާތައް ކަމަށެވެ. އެ އިއުލާނުގައި ބުނެފައިވަނީ:
- ބީލަން ފޯމުތައް ބަލައިގަންނާނީ މި މަހުގެ 15 ވަނަ ދުވަހުގެ 09:00 - 11:00 އާ ދެމެދު ރެހެންދި ސްކޫލް ހޯލްގައި
- ހަމަ އެ ދުވަހުގެ 11:30 ގައި ބީލަން ހުޅުވާލާނެ؛ އެއީ 11:00 އާ ހަމަޔަށް ދޫކޮށްފައިވާ ޓޯކެން ނަމްބަރުތަކަށް ފޯމު ބަލައިގަތުމަށްފަހު،
- ގޮޅި އިހުތިޔާރުކުރާނީ މި މަހުގެ 18 ވަނަ ދުވަހުގެ 10:30 ގައި، އެޗްޑީސީ ބިލްޑިންގެ އެގްޒިބިޝަން ސެންޓަރުގައި
ބީލަން ހުށަހެޅުމުގެ މައުލޫމާތު އެޗްޑީސީގެ ވެބްސައިޓުގައި މިހާރު ވަނީ އާއްމުކޮށްފަ އެވެ.
Ads by Allied Insurance