މާލޭ ގެއެއްގައި އަލިފާން ރޯވެ ދެމީހަކަށް އަނިޔާވެއްޖެ

މާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވީ މާފަންނު ފުލޫނިޔާ މަގުގައި ހުރި ގެއެއްގަ އެވެ. އަލިފާން ރޯވި ގެއަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއްކަމެއް އަދި ސާފެއް ނުވެ އެވެ.
އެހެންނަމަވެސް މިހާދިސާގައި ދެމީހަކަށް އަނިޔާވެ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.
އަލިފާން ރޯވި ގޭގައި ފުލުހުންނާއި ސިފައިން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

Ads by Ooredoo