Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ހާޓްއެޓޭކެއް ޖެހިގެން އޭސީޕީ ރިޔާޒަށް ފަރުވާދޭން ފަށައިފި

ހާޓްއެޓޭކެއް ޖެހިގެން އޭސީޕީ ރިޔާޒަށް ފަރުވާދޭން ފަށައިފި

ހާޓްއެޓޭކެއް ޖެހިގެން، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު އަށް ފަރުވާދޭން ފަށައިފި އެވެ.

ހޯމަ ދުވަހުގެ ވަގުތެއްގައި ހާލު ސީރިޔަސްވެގެން ރިޔާޒު ހޮސްޕިޓަލަށް ގެންގޮސްފައިވާކަން ފުލުހުންގެ އިސް އޮފިޝަލަކު ވަނީ "ދެން" އަށް ކަށަވަރުކޮށްދީފަ އެވެ. ރިޔާޒަށް އައިސީޔޫގައި ފަރުވާދެމުންދާއިރު އޭނާގެ ހާލު ކުރިއަށްވުރެ ރަނގަޅެވެ.

"އިތުރު ޕްރޮސީޖާތަކަށް ފަހު ރިޔާޒުގެ ހާލު ކުރިއަށްވުރެ ރަނގަޅު" މި ނޫހަށް މައުލޫމާތު ދިން އޮފިޝަލް ވިދާޅުވި އެވެ.

Advertisement
Ooredoo — Truecaller (box)

ރިޔާޒް ކުރިން ހުންނެވީ ކްރައިމް އިންވެސްޓިގޭޝަންގެ ވެރިއަކަށެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުމާއެކު އެ މަގާމުން ރިޔާޒު ވަނީ އެކަހެރިކޮށްފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް