Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ލޭބާ ޕާޓީން ހޯދި ކާމިޔާބީއަށް ރައީސްގެ ތަހުނިޔާ

ލޭބާ ޕާޓީން ހޯދި ކާމިޔާބީއަށް ރައީސްގެ ތަހުނިޔާ

އިނގިރޭސިވިލާތުގެ އާންމު އިންތިހާބުގައި ލޭބާ ޕާޓީން ހޯދި ކާމިޔާބީއަށް އިންތިހާބީ ބޮޑުވަޒީރު ކެއިރު ސްޓާމާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

ލޭބާ ޕާޓީއަށް ލިބުނު ކާމިޔާބީ އާ ގުޅިގެން މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައި ވަނީ އިންތިހާބީ ބޮޑުވަޒީރު، ކެއިރު ސްޓާމާގެ ލީޑާޝިޕްގެ ދަށުން އިނގިރޭސިވިލާތަށް ތަރައްގީގެ އާ ފަތިހެއް ފެންނާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ދިވެހި ސަރުކާރާއި ރައްޔިތުން އުންމީދުކުރަނީ ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެ، އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް ކަމުގަ އެވެ.

Advertisement
Allied — Dhen Online (box)

އިނގިރޭސިވިލާތުގެ އާންމު އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި މިހާތަނަށް ލޭބާ ޕާޓީއަށް 408 ގޮނޑި ވަނީ ލިބިފަ އެވެ. މިހާރު އެ ގައުމުގައި ވެރިކަން ކުރަމުން އަންނަ ކޮންޒަވޭޓިވް ޕާޓީއަށް ލިބުނީ އެންމެ 136 ގޮނޑި އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް