ޚަބަރު އިޖުތިމާޢީ

ޔޫތު ޕާލިމަންޓް އޮން ކްލައިމެޓް އެކްޝަންއަށް ކުރިމަތިލާން ހުޅުވާލައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ޕްރެކްޓިސް ޕާލިމެންޓް ފޮ ޔޫތު ޕްރޮގްރާމުގެ ތެރެއިން: އާރުވައިޕީސީއޭއަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި - ފޮޓޯ:މަޖިލިސް

ޔޫތު އެމްޕަވަމަންޓް އޮން ކްލައިމެޓް އެކްޝަން ޕްލެޓްފޯމް (ޔެކެޕް) ގެ އިސްނެގުމާ އެކު ކުރިއަށްގެންދާ ރީޖަނަލް ޔޫތު ޕާލިމަންޓް އޮން ކްލައިމެޓް އެކްޝަން (އާރުވައިޕީސީއޭ) އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

Ads by STELCO

ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ޒުވާން ލީޑަރުންގެ ހަކަތަ އާއި އުފެއްދުންތެރިކަމާއި ތަފާތުކަމާއި ޝައުގުވެރިކަމުގެ ބޭނުން ހިފައި ގައުމީ އަދި ސަރަހައްދީ ފެންވަރުގައި މޫސުމީ ސިޔާސަތުތަކަށް ނުފޫޒު ފޯރުވުމަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ހަރުދަނާ ލޮބިން ޓެކްނޮލޮޖީތަކާއި މޫސުމާ ބެހޭ ސިޔާސަތުގެ އުންމީދީ ސްޓްރެޓެޖީތައް ތަންފީޒުކުރުމާ ބެހޭ ގޮތުން ޕީއާ-ޓު-ޕީއާ އެކްސްޗޭންޖްތައް ކުރިއެރުވުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެއް ކަަމަށެވެ. އާރުވައިޕީސީއޭއިން މަސައްކަތް ކުރަނީ މި ލީޑަރުންނަށް ހަރުދަނާ ޕްލެޓްފޯމެއް ހޯދައިދީ، ހާއްސަކޮށް ނެޝަނަލް އެޑަޕްޓޭޝަން ޕްލޭންސް (އެންއޭޕީ) އަދި ނޭޝަނަލް ޑިޓަމިނޭޓެޑް ކޮންޓްރިބިއުޝަންސް (އެންޑީސީ) ފަދަ އަންޑަ ރެޕްރެޒެންޓޭޓިވް ދާއިރާތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ކަމަށް ޔޫތު މިނިސްޓްރީން ބުނެ އެވެ.

ޔޫތު މިނިސްޓްރީން ބުނި ގޮތުގައި އާރުވައިޕީސީއޭގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލެވިފައިވާއިރު، އިތުރު މައުލޫމާތު މި ލިންކް މެދުވެރިކޮށް ލިބޭނެ ކަމުގަ އެވެ.

އާރުވައިޕީސީއޭގެ އަމާޒަކީ ސަރުކާރުގެ އެކި ދާއިރާތަކާއި ގާނޫނީ ދާއިރާތަކުގެ މެމްބަރުން ހިމެނުން ކަމަށްވާއިރު، އޭގެތެރޭގައި ރައްޔިތުންގެ މަޖިލިހާއި ދައުލަތުގެ މަޖިލިސްތަކާއި ގައުމީ އަދި ސަބްނޭޝަނަލް ޔޫތު ޕާލަމެންޓްތަކާއި ޔޫތު ކައުންސިލްތަކާއި މޫސުމާ ބެހޭ މަޝްވަރާކުރާ ފަރާތްތަކާ އަދި ސަރުކާރުގެ މުއައްސަސާތަކާ ގުޅިފައިވާ ކޮންސަލްޓޭޓިވް ނުވަތަ އެޑްވައިޒަރީ ޕެނަލްތައް ހިމެނެ އެވެ. މޫސުމާ ގުޅޭ ގާނޫނާއި ސިޔާސަތުގެ ލިޔެކިޔުންތަކަށް ސީދާ ނުފޫޒު ފޯރުވައި، އެ ގައުމެއްގެ ނުވަތަ ސަރަހައްދެއްގެ ސިޔާސަތުގެ ލިޔުންތަކަށް ނުފޫޒު ފޯރުވުމުގެ ސާބިތު ޓްރެކް ރެކޯޑެއް މެންބަރުން ދައްކަން ޖެހެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!