Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ދައުލަތުން ގެއްލިފައިވާ މުދާލާއި ފައިސާ ހޯދަން ގާނޫނެއް ހަދަނީ

ދައުލަތުން ގެއްލިފައިވާ މުދާލާއި ފައިސާ ހޯދަން ގާނޫނެއް ހަދަނީ

ނަހަމަ ގޮތުގައި ދައުލަތުން ހޯދާފައިވާ ފައިސާ އާއި ރާއްޖެއިން ބޭރުގައި ރައްކާކޮށްފައި ހުރި ވަގު ފައިސާ ހޯދަން "އެސެޓް ރިކަވަރީ" ގާނޫނެއް ހައްދަވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ޖަގަހާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ދައުލަތުގެ އެސެޓުތަކާއި ގެއްލިފައިވާ ފައިސާތައް ހޯދުމަށް ކޮމިޝަންތަކެއް އުފައްދައިގެން މިހާތަނަށްވީ އެއްވެސް ފައިދާއެއް ނެތް ކަމަށެވެ.

ރައީސް، އެ އިޝާރާތް ކުރެއްވީ ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މައްސަލަތަކަށް އިންސާފު ހޯދައި ދިނުމަށް ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އުފެއްދި "އެސްޓް ރިކަވަރީ" ކޮމިޝަނަށެވެ. މާ ބޮޑު ކުރިއެރުމެއް ނުލިބެ 2022 ވަނަ އަހަރު އެ ކޮމިޝަން އުވާލި އެވެ.

Advertisement
Allied — Dhen Online (box)

ރައީސް ވިދާޅުވީ އެފަދަ ކޮމިޝަންތައް އުފައްދައިގެން އެ ތަންތަން ހިންގާނެ އިމާރާތަށާއި އެ ކޮމިޝަންތަކުގެ މެންބަރުންނަށް ސަރުކާރުން ބޮޑު ހަރަދެއްކުރަން ޖެހޭއިރު އެއިން ކޮމިޝަނަކުން އެކަށީގެންވާ ނަތިއްޖާއެއް ނުނެރެވޭ ކަމަށެވެ.

"އެތައް ސަތޭކަ ބިލިއަން ރުފިޔާއެއް ހަރަދުވަނީ (ރިޔާސީ ކޮމިޝަންތަކަށް) އެކައްޗެއްވެސް ރިކަވާއެއް ނުވޭ. ދައުލަތުގެ ހަޒާނާއަކަށް އަނބުރާއެއް ނުވެއް ގެނެސްދެވޭ އެ ފައިސާއެއް، ގެއްލުނު ފައިސާއެއް. ވައްކަންކުރި ފައިސާއެއް އެކަން އިރާދަކުރެއްވިއްޔާ ނިމުމަކަށް ގެނެސްދޭނަން" އެމަނިކުފާނު ވިދާޅުވީ އެސެޓް ރިކަވަރީއަށް ހާއްސަ ގާނޫނެއް އެކުލަވާލުމުން ގެއްލިފައިވާ ފައިސާތައް ހޯދުމަށް މިހާރަށްވުރެ ބޮޑަށް މަގު ފަހިވެގެންދާނެ ކަމަށެވެ. އެކަމަކު އެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ތާރިހެއް ވިދާޅެއް ނުވެއެވެ.

"މިފަދަ ކަންކަން ކޮށްފައި ހުރި ފަރާތްތަކުގެ ކިބައިން އެ މުދާތައް ރިކަވާކޮށް، އެ ފައިސާ ރިކަވާކޮށް ރައްޔިތުންނަށް އެ ފައިސާއިން ފައިދާވާ ގޮތަށް ފައިސާ ހޯދުން މީގެ ތެރެއިން" ރައީސް ވިދާޅުވި އެވެ.

އެ ގާނޫނު އެކުލަވާލާނީ ބައިނަލްއަގްވާމީ މިންގަނޑަށް ފެތޭ ގޮތަށް ރާއްޖެއިން ބޭރުގައި ރައްކާކޮށްފައި ހުރި ރައްޔިތުންގެ ފައިސާވެސް ހޯދޭ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް