Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކޮންމެ ހަފުތާއަކު ވެސް މާލޭގެ ގެއަކަށް ރައީސް ވަޑައިގަންނަވަނީ

ކޮންމެ ހަފުތާއަކު ވެސް މާލޭގެ ގެއަކަށް ރައީސް ވަޑައިގަންނަވަނީ
މާލޭގެ ރައްޔިތުންނާއި ބައްދަލުކުރުމުގެ ގޮތުން ވަރަށް އަވަހަށް ރަސްމީ މަސައްކަތުގެ ތެރެއިން ހަފްތާގެ ކަނޑައެޅޭ ކޮންމެވެސް އެއްދުވަހެއްގެ ހަވީރު ގޭގެއަށް ވަޑައިގަންނަވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ. ރައީސް، އެކަން ހާމަކުރެއްވީ ރޭ ޕީއެންސީ ޖަގަހާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ބޭނުންވާކަންތައްތައް ސީދާ ރައްޔިތުންގެ ކިބައިން ރައްޔިތުންގެ ކައިރީގައި ހުންނަވައިގެން އަޑުއެއްސެވޭނެ ކަމަށެވެ. އަދި ގޭގެއަށް ދިޔުމާއި ރައްޔިތުންނާއި ބައްދަލުކޮށް އެކިކަހަލަ ބައްދަލުވުންތައް ބޭއްވޭނެ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ދަތުރުފުޅުތައް ކުރައްވަން ބޭނުންވަނީ ރައްޔިތުންނާއި ސަލާމްކޮށް، ޖަލްސާއެއް ބޭއްވުމަށްފަހު ފުރަންނޫން ކަމަށެވެ. އެގޮތުން މާލޭގެ ރައްޔިތުންނާއި ބައްދަލުކުރުމުގެ ގޮތުން ވަރަށް އަވަހަށް ރަސްމީ މަސައްކަތުގެ ތެރެއިން ހަފްތާގެ ކަނޑައެޅޭ ކޮންމެވެސް އެއް ދުވަހެއްގައި ގޭގެއަށް ޒިޔާރަތްކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެހެންވީމަ ލަސްތަކެއްނުވެ، ވަރަށް އަވަހަށް ތާވަލެއްގެ ތެރެއިން މާލޭގެ ހުރިހާ ދާއިރާތަކަށް ކޮންމެ ހަފްތާއަކު ކޮންމެވެސް އެއް ދާއިރާއެއްގެ ގެތަކަށް އަޅުގަނޑު ދާން ފަށާނަން"
މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވާނެކަމަށް ރައީސް، މީގެ ކުރިން ވިދާޅުވެފައިވެ އެވެ. ވެރިކަމުގެ ފުރަތަމަ 6 މަސްތެރޭގައި ގާތްގަނޑަކަށް 70 ރަށަށް ވަޑައިގެން 150އަށް ވުރެ ގިނަ ކައުންސިލާ ރައީސް ވަނީ ބައްދަލުކުރައްވާފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް