Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ސަރުކާރަށް ތާއީދުނުކުރާ މުވައްޒަފުން ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށް އެމްޑީޕީން ތުހުމަތުކޮށްފި

ސަރުކާރަށް ތާއީދުނުކުރާ މުވައްޒަފުން ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށް އެމްޑީޕީން ތުހުމަތުކޮށްފި

މި ސަރުކާރަށް ތާއިދުނުކުރާ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން މިއަދު ތުހުމަތުކޮށްފި އެވެ.

މި ވެރިކަން ފެެށުނީއްސުރެ އެމްޑީޕީން އެ ތުހުމަތުތަކެއް ކުރެ އެވެ. ވަޒީފާގެ ބިރު ދެއްކުން ހުއްޓާލަންވެސް ގޮވާލި އެވެ. އަނެއްކާވެސް އެ ވާހަކަ ދައްކަން މި ފެށީ ދަނޑިކޮށި ހަރުގޭގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަންގެ އޮފިސަރު އަހުމަދު ޝާއިން އެމްޑީޕީ ޕޯޑިއަމްގައި ގުރުއާން ކިޔެވި ކަމަށް ބުނެ ވަޒީފާއިން ވަކިކުރުމުން ކަމަށް ބުނެ އެވެ. އެކަމަކު އެޗްޑީސީން ބުނަނީ އޭނާ ވަޒީފާއިން ވަކިކުރީ ފަރުވާކުޑަވެގެން ކަމަށެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި އޭނާ ވަޒީފާއިން ވަކިކުރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

Advertisement
Ooredoo — Square (box)

"ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވުމާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ އުޅުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެކެވެ" ގާތްގަނޑަކަށް 50،000 ހާހެއްހާ މެންބަރުން ތިބޭ އެމްޑީޕީން ބުންޏެވެ.

އެ ޕާޓީން ބުނީ އެ އަސާސީ ހައްގުގެ ބޭނުން ހިފުމަށް އެއްވެސް ޒާތެއްގެ ބިރުވެރިކަމެއް، ބިރުދެއްކުމެއް އަދި އެއްވެސް ފިޔަވަޅެއްވެސް އެޅުމަކީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ.

ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރާ އެއްވެސް މުވައްޒަފަކު ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާތީ ނުވަތަ ތާއީދުކުރާތީ ނުވަތަ ހަރަކާތެއްގައި ބައިވެރިވާތީ ވަޒީފާގެ ބިރުވެރިކަން ނޯންނާނެކަމަށް ރައީސް ޑރ. މުއިއްޒު ރިޔާސީ ކެމްޕެއިންގައި ވައުދެވެވަޑައިގެންފައިވާއިރު އެ ވައުދާ ހިލާފުވެފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

"ވެވަޑައިގެންނެވި ވައުދާ ހިލާފަށް ސަރުކާރުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދެއްކުމާއި ސަރުކާރަށް ތާއީދުނުކުރާ މުވައްޒަފުން ވަޒީފާތަކުން ވަކިކުރަމުންދާކަން މި ޕާޓީން ފާހަގަކުރަމެވެ" އެމްޑީޕީގެ ވެބްސައިޓުގައި އާއްމުކުރި ބަޔާނުގައި ބުންޏެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް