ޚަބަރު ސަރުކާރު

އިސްލާމިކް މިނިސްޓްރީން މީޑިއާ މައުރަޒެއް ބާއްވަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އިސްލާމިކް މިނިސްޓްރީން މީޑިއާ މައުރަޒެއް ބާއްވަން ވަނީ ނިންމާފައި - ފޮޓޯ:އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީން މީޑިއާ މައުރަޒެއް ބޭއްވުމަށް ނިންމައިފި އެވެ.

Ads by Hajj Corporation

މި މައުރަޒު ބޭއްވުމަށް ނިންމާފައި ވަނީ މި މަހުގެ 21 ވަނަ ދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގަ އެވެ.

މި މައުރަޒާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައި ވަނީ މި މައުރަޒަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހި ގައުމުގެ ރިޔާސަތާ ހަވާލުވެވަޑައިގަތްތާ އަށް މަސް ފުރޭ މުނާސަބަތާ ގުޅިގެން، އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައިވާ ކަންތައްތަކުގެ ތެރެއިން އިސްލާމީ ދާއިރާއިން މިހާތަނަށް ހާސިލުކުރެވިފައިވާ ކަންކަން މީޑިއާ އާ ހިއްސާކުރުމަށް ބާއްވާ މައުރަޒެއް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ މިހާތަނަށް އެ މިނިސްޓްރީން ކުރެވިފައިވާ ހުރިހާ މަސައްކަތްތަކާ ގުޅޭ ތަފުސީލީ މައުލޫމާތު މި މައުރަޒު މެދުވެރިކޮށް މީޑިއާތަކަށް ލިބޭނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން އަންނަނީ އަހްބާރުގެ ނަމުގައި މަޖައްލާއެއް ނެރުމުންނެވެ. މިހާތަނަށް އެ މަޖައްލާގެ ތިން އަދަދެއް ވަނީ ނެރެފަ އެވެ. މި މަޖައްލާގައި ހަފުތާ 14 ގެ ދަށުން އެ މިނިސްޓްރީއަށް ކަންކަން ހާސިލުކުރެވިފައިވާ މިންވަރާއި އެ މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކާއި ކުރިއަށް ގެންދާ އެކި ހަރަކާތްތަކާ ގުޅުންހުރި މައުލޫމާތުތައް ދަނީ ޝާއިއުކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!