Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އައްޑޫ ބްރިޖު މަޝްރޫއު ފަށަން އަދި ފައިސާ ހަމަނުޖެހޭ: މުއްތޮލިބު

އައްޑޫ ބްރިޖު މަޝްރޫއު ފަށަން އަދި ފައިސާ ހަމަނުޖެހޭ: މުއްތޮލިބު

އައްޑޫ ބްރިޖު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި އަދި އެ މަޝްރޫއުއަށް ބޭނުންވާ ފައިސާ ހަމަނުޖެހޭ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މުއްތޮލިބު ވިދާޅުވީ އެ މަޝްރޫއު އަކީ މި ސަރުކާރުން އެންމެ އިސްކަމެއް ދޭނެ އެއް މަޝްރޫއު ކަމަށެވެ. ބްރިޖު މަޝްރޫއުގެ ސާވޭގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިސްރުގެ ކުންފުންޏަކާއި ހަވާލުކޮށްފައިވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ މިހާރު ކުރިއަށްދަނީ އެ މަޝްރޫއުއަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ މަސައްކަތް ކަމަށެވެ.

"އެހެންމަ އެބޭފުޅުންނަށް އިންނަނީ އެމްއޯޔޫގެ ދަށުން ފައިސާ އެރޭންޖު ކޮށްދިނުން. ސަރުކާރުން ލޯނު ނަގާނީ, އެހެން ނަމަވެސް އެރޭންޖްކޮށްދޭނީ އެބޭފުޅުން. ދެން އެގޮތުން އެގޮތަށް އެރޭންޖުކުރުމަށް ބައެއް ފަރާތްތަކާ އެކު އަޅުގަނޑުމެން ވާހަކަދައްކައިގެން ކުރިއަށްވެސް އެބަދަން، އެހެންމަ. ފައިސާ ހަމަޖެހޭ ހިސާބުން އިރާދަކުރެއްވިއްޔާ ޕްރޮޖެކްޓު ކުރިއަށްގެންދެވޭނެ" އޭނާ ވިދާޅުވި އެވެ.

Advertisement
Allied — Dhen Online (box)

އައްޑޫ ބްރިޖު މަޝްރޫއު ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭ މަސައްކަތް ކުރިއަށްގެންދިއުމަށް ހަވާލުކޮށްފައިވަނީ މިސްރުގެ "ދި އަރަބް ކޮންޓްރެކްޓާސް"އާ އެވެ. އެ ކުންފުންޏާ އެކު އެމްއޯޔޫގައި ސަރުކާރުން ސޮއުކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ. ސާވޭގެ މަސައްކަތް ކުރަނީ ހިލޭ އެހީގަ އެވެ.

މިނިސްޓަރު ވިދާޅުވީ ފައިސާ ހަމަނުޖެހެނީސް "ކޮންޓްރެކްޓަކަށް ވަންނަން ބޭނުންނުވާ" ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ދަނީ، އެއްބަސްވެވޭ ކަހަލަ ފައިނޭންސިންއެއް ހަމަޖެއްސޭތޯ އެ ކުންފުނިން ހުށަހަޅާފައިވާ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުންނެވެ. އަދި އެކަން އެބޭފުޅުންނަށް ނުކުރެވޭނަމަ އެހެން އެހެން ބަޔަކު ހޯދާނެ ކަމަށެވެ.

ސާވޭގެ މަސައްކަތް ނިންމާ ބްރިޖުގެ އަމަލީ މަސައްކަތް މިއަހަރު ފައްޓަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެކުރިން ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ މި ދައުރުގެ ތެރޭގައި އެ މަސައްކަތް ނިންމަވާނެ ކަމަށެވެ.

އެ މަޝްރޫއުގެ ސާވޭއަށް މި އަހަރުގެ ބަޖެޓުގައި 30 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް