Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ހުޅުމާލޭގައި މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި މާރާމާރީ ހިންގި މައްސަލައެއްގައި މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެެސެޖެއްގައި ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އެ މީހާ ހައްޔަރުކުރީ މި މަހުގެ އަށްވަނަ ދުވަހު ހިންގި މާރާމާރީއަކާ ގުޅިގެން ކަމަށެވެ. އެކަމަކު މާރާމާރިއާ ގުޅޭ އިތުރު މައުލޫމާތެެއް ފުލުހުން ހިއްސާއެއް ނުކުރެ އެވެ.

ހައްޔަރުކުރީ 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ އިތުރަށް ބަލަމުން އެބަދެ އެވެ.

Advertisement
Ooredoo — Truecaller (box)

މި ފަހަކަށް އައިސް މާލޭ ސަރަހައްދުގައި މާރާމާރީތައް ހިނގާލެއް ވަނީ އިތުރުވެފަ އެވެ. ގިނައީ ގޭންގުތަކުގެ މެދުގައި ހިނގާ މާރާމާރީ އެވެ. ދާދި ފަހުން ފުލުހުން ބުނީ މާލޭގައި 8 ގޭންގް ހަރަކާތްތެރިވާމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް