Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޑެޕިއުޓީ މިނިސްޓަރަކު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރާ މައްސަލައެއް ފެންމަތިވެއްޖެ

ޑެޕިއުޓީ މިނިސްޓަރަކު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރާ މައްސަލައެއް ފެންމަތިވެއްޖެ

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް މުނައްވަރު ދައުލަތާ ދެކޮލަށް ވަކާލާތު ކުރާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ޓާކްސް ކޮންސްޓްރަކްޝަން ނަަމަކަށް ކިޔާ ކުންފުންޏަކަށް އޭނާ ވަކާލާތުކޮށްދޭން ބައިވެރިވެވަޑައިގަތީ ހައި ކޯޓުގައި މިހާރު އޮތް މައްސަލައެއްގައި ދައުލަތް ތަމްސީލްކުރާ މީރާއާ ދެކޮޅަށެވެ.

މީރާގެ ވަކީލު ވިދާޅުވީ އެއީ މަސްލަހަތު ފުށު އަރާ ކަމެއް ކަމަށެވެ. އިކޮނޮމިކް މިނިސްޓްރީއަކީ ކުންފުނިތައް ރަޖިސްޓްރީކުރުމާއި ބެލެހެއްޓުމުގެ ޒިންމާ އޮތް މިނިސްޓްރީއެއް ކަމަށާއި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކު ކުންފުންޏެއް ތަމްސީލްކުރުމާއި އަދި ދައުލަތާ ދެކޮޅަށް ދައުލަތުގެ މިނިސްޓަރަކު ވަކާލާތު ކުރުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ވިދާޅުވި އެވެ.

Advertisement
Ooredoo — Square (box)

މުނައްވަރު ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީއަކީ މީރާއިން ކުރާ މަސައްކަތާ ގުޅުން ހުރި މަސައްކަތެއް ކުރާ މިނިސްޓްރީއެއް ނޫން ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުން ގޮތެއް ނުނިންމަވަ އެވެ. ދެން އޮންނަ އަޑުއެހުމެއްގައި ފަނޑިޔާރުން ގޮތެއް ނިންމަވާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް