މަކަރާއި ހީލަތުން ޑޮލަރު ވިޔަފާރިކުރި ދިވެއްސަކު ބަންދަށް

މަކަރާ ހީލަތުން ޑޮލަރުގެ ވިޔަފާރި ކުރަން އުޅުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
ފުލުހުން މީޑިއާތަަކަށް ފޮނުވި މެސެޖެއްގައި ބުނީ މަކަރާއި ހީލަތުން ޑޮލަރުގެ ވިޔަފާރި ކުރަން އުޅުނު މީހާގެ މައްސަލަ އެ އިދާރާއަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.
މި މައްސަލަ އާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން އޭނާ 10 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.
ބަންދުކުރި މީހާއަކީ އުމުރުން 46 އަހަރުގެ ދިވެހި ފިރެހެނެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.