Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ހުޅުމާލޭގައި ހިނގި މާރާމާރީ އާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ހިނގި މާރާމާރީ އާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ހިނގި މާރާމާރީއާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި މާރާމާރީއެއް ހިންގާފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހު އެވެ. އެ މާރާމާރީއާ ގުޅިގެން 22 އަހަރުގެ ދިވެހި ފިރެހެނެއް ހައްޔަރުކޮށްފައިވެ އެވެ. ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނައިރު، ފުލުހުންގެ ހިދުމަތުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ މާރާމާރީ އާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 23 އަހަރުގެ ދިވެހި ފިރެހެނެކެވެ.

Advertisement
Ooredoo — Truecaller (box)

ގްރޫޕަކުން ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ އުމުރުން 26 އަހަރުގެ އަހުމަދު ނަޒީފަށެވެ. ހަމަލާގައި އޭނާގެ ފުށްކިބައިން ބޮޑުތަނެއް ފަޅާލާފައިވާއިރު، ނިއްކުރި މަތިން ދެތަން ފަޅާލާފައިވެ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް