Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ބޮޑުފުޅަދޫ އައު މިސްކިތް ރައީސް ހުޅުވައިދެއްވައިފި

ބޮޑުފުޅަދޫ އައު މިސްކިތް ރައީސް ހުޅުވައިދެއްވައިފި

އއ. ބޮޑުފުޅަދޫގައި ހެދި އައު މިސްކިތް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް ހުޅުވައިދެއްވައިފިއެވެ.

ރައީސް ޞާލިޙް އެ މިސްކިތް ހުޅުވައި ދެއްވީ އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ބޮޑުފުޅަދޫއަށް ކުރެއްވި ޒިޔާރަތުގައެވެ. އަދި އެމަނިކުފާނު ވަނީ އެރަށުގެ ބައެއް އެހެން ތަންތަނަށް ވެސް ޒިޔާރަތް ކުރައްވައިފައެވެ.

ރައީސް ޞާލިޙް ވަނީ އެ ރަށުގެ ގިރާ ސަރަހައްދަށް ވެސް ޒިޔާރަތް ކުރައްވައި އެ ސަރަހައްދު ބައްލަވާލައްވައިފައެވެ. އަދި އެ ރަށުގެ މެޖިސްޓްރޭޓް ކޯޓާއި، ސިއްހީ މަރުކަޒަށް ވެސް އެމަނިކުފާނުގެ މި ދަތުރުފުޅުގައި ޒިޔާރަތް ކުރެއްވިއެވެ.

Advertisement
Allied Insurance — Square (box)

ބޮޑުފުޅަދޫއަށް ރައީސް ޞާލިޙް ކުރެއްވި މި ދަތުރުފުޅުގައި، ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ކައުންސިލްގެ އިތުރުން ރައްޔިތުންނާ ވެސް ބައްދަލުކުރައްވާ ރަށުގެ ހުރި މައްސަލަތަކާއި، ހައްލުކުރަން ބޭނުންވާ ކަންކަމާ މެދު މަޝްވަރާކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް