ޚަބަރު ސަރުކާރު

ސްކޮލަޝިޕްތަކަށް ޖަޕާނުން 1 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ސްކޮލަޝިޕްތަކަށް ޖަޕާނުން އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގެ މަޝްރޫއަށް 161 ޖަޕަނީސް ޔެން ނުވަތަ ގާތްގަނޑަކަށް 1.02 މިލިއަން އެމެރިކާ ޑޮލަރު ހިލޭ އެހީގެ ގޮތުގައި ދިވެހިރާއްޖެއަށް, ޖަޕާނު ސަރުކާރުން ދީފި އެވެ.

Ads by Sosun Fihaara

މި ސްކޮލަޝިލްގެ ފުރުސަތުތައް ދީފައި ވަނީ ޖަޕާނު ސަރުކާރުގެ ޕްރޮޖެކްޓް ފޮރ ހިއުމަން ރިސޯސް ޑިވެލޮޕްމެންޓް ސްކޮލަޝިޕް (ޖޭޑީއެސް) ގެ ދަށުންނެވެ. މިއަހަރު ދޭން ނިންމާފައިވަނީ 6 ސްކޮލަޝިޕް އެވެ.

ދެ ގައުމުން މިކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާއިރު ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހާރިޖީ ވަޒީރު މޫސާ ޒަމީރު އެވެ. ޖަޕާނުގެ ފަރާތުން ސޮއިކުރީ އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރި އެވެ.

މި އެހީގެ ދަށުން ޖަޕާނުގެ އެންމެ މަތީ ފެންވަރުގެ ޔުނިވަސިޓީތަކުގައި މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބެ އެވެ. މިއީ 2020 ވަނަ އަހަރުން ފެށިގެން ޖަޕާނުން ރާއްޖެއަށް ދެމުން ގެންދާ އެހީއެއްކަން ފާހަގަކޮށްލެވެ އެވެ.

އިންސާނީ ވަސީލަތް ބިނާ ކުރުމަށް ކުރިއަށް ގެންދާ މި ސްކޮލަޝިޕްތަކުގެ މަގްސަދަކީ މުސްތަގުބަލުގައި އިޖުތިމާއީ އަދި އިގްތިސޯދީ ތަރައްގީގެ ސިޔާސަތުތައް އެކުލަވައިލުމާއި ތަންފީޒު ކުރުމުގައި ޝާމިލުވާނެކަމަށް އުއްމީދު ކުރެވޭ, ގާބިލު އަދި ގައުމު އާރާސްތު ކުރުމުގައި މުހިންމު ރޯލެއް އަދާކުރެވޭ ފެންވަރުގެ އިންސާނީ ވަސީލަތެއް ބިނާކުރުން ކަމަށް ހާރިޖީ ވުޒާރާއިން ބުނެ އެވެ.

ޖަޕާނަކީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ގައުމެކެވެ. ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުން ފެށިގެން ޖަޕާނާއި ރާއްޖެއާއި ދެމެދު ވަރަށް ގާތް ގުޅުމެއް އޮވެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!