Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ސަރުކާރު

އިސްލާމިކް މިނިސްޓްރީތަކުގެ ކޮންފަރެންސަށް ޝަހީމް އާއެކު ވަފުދެއް ސައުދީއަށް

އިސްލާމިކް މިނިސްޓްރީތަކުގެ ކޮންފަރެންސަށް ޝަހީމް އާއެކު ވަފުދެއް ސައުދީއަށް

އިސްލާމީ ގައުމުތަކުގެ އިސްލާމިކް މިނިސްޓްރީތައް ބައިވެރިވާ ހާއްސަ ކޮންފަރެންސެއްގައި ބައިވެރިވެ ވަޑައިގަތުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފި އެވެ.

އިސްލާމިކް މިނިސްޓްރީތައް ބައިވެރިވާ މި ކޮންފަރެންސްގެ ނުވަ ވަނަ ސެޝަންގައި ބައިވެރިވެ ވަޑައިގަތުމަށް ޝަހީމް މިއަދު ފެއްޓެވި މި ދަތުރުގައި އެމަނިކުފާނާ އެކު، އިސްލާމިކް މިނިސްޓްރީގެ ވަފުދުގައި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފުގެ އިތުރުން ސީނިއަ ޕޮލިޓިކަލް ޑިރެކްޓަރު އައްޝައިޚް އިމްތިޠާއު ޢައްބާސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.

ބައިނަލްއަގުވާމީ މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި ފެށޭ ހަފުތާގެ އާދިއްތަ ދުވަހާއި ހޯމަ ދުވަހު މައްކާގަ އެވެ. ދަތުރު ނިންމަވާލެއްވުމަށް ފަހު ޝަހީމް ރާއްޖެއަށް އެނބުރި ވަޑައިގަންނަވާނީ ބުދަ ދުވަހު އެވެ.

Advertisement
Ooredoo — Square (box)

އިސްލާމީ އުންމަތުގެ މުހިންމު މައުލޫތަކަށް އިލްމީ ކަރުދާސްތައް ހުށަހަޅާނެ މި ކޮންފަރެންސްގައި އިސްލާމިކް މިނިސްޓަރު ބައެއް ސެޝަންތައް ޗެއާކޮށްދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް