ޚަބަރު ސިޔާސީ

ޔާމީން ދުރަށް ޖެހުނީ މުއިއްޒު ވެރިކަންކުރައްވާތީ ލަނގޮޑިއަށް ކެތް ނުވެގެން: އަބްދުއްރަހީމް

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން މި ސަރުކާރާ ދުރަށް ޖެހިވަޑަައިގެންނެވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަންކުރައްވާތަން ބައްލަވަން އެމަނިކުފާނަށް ކެތް ނުކުރެވިގެންކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރަައީސް އަބްދުއްރަަހީމް އަަބްދުﷲ ރައްދުދެއްވައިފި އެވެ.

Ads by Hajj Corporation

ޕީއެންސީގެ ޗެއާޕަސަން، އަބްދުއްރަަހީމް ޔާމީނަށް ރައްދު ދެއްވާފައިމިވަނީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ޖަލްސާގައި ރަައީސް މުއިއްޒުއާއި މި ސަރުކާރާާ ގުޅުވަައި ދެއްކި ވާހަަކަތަކާ ގުޅިގެން ނެވެެ.

ޔާމީން ވިދާޅުވީ މިއީ އެމަނިކުފާނުގެ ވެސް ހިއްސާ އޮތް ސަރުކާރެއް ނަމަވެސް ދުރަށް ޖެހިވަޑައިގެން އުޅުއްވަނީ ސަރުކާރުން ހަދާ ގޯސްތަކުން ހަޖަމު ކުރައްވަން އުނދަގޫވެގެން ކަމަށެވެ. ޔާމީން ވިދާޅުވީ މި ސަރުކާރުގެ ގޯސްތައް ދިފާއުކުރަަން ބޭނުންވެ ވަޑައިނުގަންނަވާ ކަމަށެވެ.

އެ ވާހަކަތަކަށް ރައްދުދެއްވަަމުން އަބްދުއްރަހީމް މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޔާާމީން އެވާހަކަތައް ދައްކަވަނީ ރައްޔިިތުން ހެއްލިދާނެ ކަމަށް ކަމަށެވެ. އަދި މި ސަރުކާރާ ދުރަށް ޔާމީން ޖެހިވަޑައިގެންނެވީ ހަގީގަތުގައި އެމަަނިކުފާނުގެ ކިބުރުވެރިކަން ބޮޑުވެ، ތިމާނޫން މީހަކު ވެރިކަަން ކުރާާ މަންޒަރު ބައްލަަވަން ކެތް ނުކުރެވުމުން ކަމަށެވެ.

"ސަރުކާރާ ދުރަށް ޖެހުނީ ތިމާގެ ހުރި ބޮޑާކަމާ ކިބުރުވެރިކަމެއްގެ ބޮޑުކަމުން ތިމާނޫން އެހެން ބޭފުޅަކު ވެރިކަން ކުރައްވާ މަންޒަރު ބަލަން ލަގޮނޑިއަށް ކެތްނުވެގެން. ވެރިކަމުގެ އިއްޒަތާ ލައްޒަތަށް އޮތް ދަހިވެތިކަމަކުން. " އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމްގެ ވާހަަކަތައް ޔަގީން ވަނީ އެމަަނިކުފާނު ވިދާޅުވި ގޮތުގައި، ޔާމީންގެ އަރިހުގައި "ސިޔާސީގޮތުން ފެއިލްވެފައި ތިބި ދެތިން މީހުން ގޮވައިގެން ތިޔަޖަހާ ހަޑިހުތުރު މުޑުދާރު ސަކަރާތުން" ކަމަށެވެ.

Ads by HDC
  1. މެސެޖައް ޖަވާބު ނުދީ ފޯނުކޯލުތަކަށް އަޅާނުލީ ކާކުގެ ބޮޑާކަމާއި، ޚުދުމުޚްތާރު ކަމުން؟ މުޢިއްޒުގެ ކިބުރު ވެރިކަމުން.
    ވައްކަން ކުރާ މީހަކު ދޮގު ނޫން އެއްޗެއް ނަހަދާނެ!

  2. ތިމާ އުޅެން އަހަރުމެންގެ 4 މިލިއަން ދުއްވާލާފައި މުރައިދޫ ގަނޑުވަރު ނޫން ތަނެއް ނެތިގެން ވަދެ ހުރެ އަދިވެސް ރައްޔިތުންގެ ޓެކްސް ފައިސާ ތާއަބަދު އިސްރާފު ކުަރަމުން ދާއިރު އެެހެން މީހުންގެ ބޮޑާކަމާއި ކިބުރުވެރިކަމުގެ ވާހަކަ ދެއްކީމާ އަމިއްލައަށް ތިވަނީ ބަރަހަނާ! މިދިޔަ 30 އަހަރު ޔާމީނު ގައިގާ އެލިގަނެގެން އޮތް އިރު އެެމަނިކުފާނު ވަރެއް ނެތް! ޔާމީނުގެ ހުސް ގޮނޑި ދައްކައިގެން ވެރިކަމަށް އައިސް ކަލޭމެންގެ ކަމަކީ އަމިއްލަ ޝާން ޝައުކަތު ދައްކާ ފުއްޕުމަށް މިލިއަނުނުން މިލިއަނުނުން އަހަރުމެންގެ ފައިސާ އިސްރާފު ކުރުން!!!