ޚަބަރު

38 ފުޅި ބަނގުއާތްވާ އެކު ހައްޔަރުކުރި މީހަކު ޖަލު އަދަބުން ސަލާމަތްވެ، ކުޑަ ޖޫރިމަނާއެއް!

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ކްރިމިނަލް ކޯޓް، ފޮޓޯ: ދެން އިމޭޖަސް

38 ފުޅި ބަނގުއާތްވާއެކު ހައްޔަރުކުރި މީހަކަށް ކުޑަ ޖޫރިމަނާއެއް ކޮށްފި އެވެ.

Ads by Hajj Corporation

އެ މައްސަލާގައި މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ސ. ހުޅުދޫ, ނަސީމީގެ, މައުމޫން އަބްދުالله ގެ މައްޗަށެވެ.

އޭނާއަށް ތުހުމަތު ކުރެވެނީ މިދިޔަ ނޮވެންބަރު މަހުގެ 9 ވަނަ ދުވަހުގެ މެންދުރު 12 ހާއިރު ބަނގުރާ ބޭނުންކޮށް، ގެންގުޅެ އެތަކެތި ވިޔަފާރި ކުރާ ކަމަށް ތުހުމަތުކުރެވިގެން އެ ރޭ 7:05 ހާއިރު ހ. އޯލްވޭސް ހެފީ ހައުސް ބަލާ ފާސްކުރިއިރު ބަނގުއާވި ފުޅިތަކެއް ފެނުނު މައްސަލައެކެވެ.

ހުކުމުގައި ބުނެފައިވަނީ އެ ގޭގެ ތިން ވަނަ ފަންގިލާ ބަލާ ފާސްކުރިއިރު ފެނުނު 38 ފުޅީގެ ތެރޭގައި ބޭރުގައި ކަރުދާސް އޮޅާފައިވާ ފުޅިތަކަކާއި 500 އެމްއެލްގެ ތާޒާ ބްރޭންޑްގެ ފެން ހުސްކުރި ފުޅިއެއް ހުރިއިރު އެ ތަކެތި ބަނގުއާތްވަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެ މައްސަލާގައި މައުމޫންގެ މައްޗަށް ކޮށްފައިވާނީ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާ އެވެ. އޭނާ ވަނީ ދައުވާއަށް އިއުތިރާފްވެފަ އެވެ.

އެ ދައުވާގެ އަދަބުގެ އަސާސީ މިންގަނޑަކީ ދެ މަހާއި 12 ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ. ނަމަވެސް އިއުތިރާފުވާ ހާލަތެއްގައި ކަނޑައެޅޭ އަދަބުގެ އަސާސީ މިންގަނޑުން އެއް ދަރަޖަ ދަށްވާނެ އެވެ. އެހެންކަމުން އެ ދައުވާގެ އަދަބު 1 މަހާއި 24 ދުވަހަށް ބަދަލުކޮށްފައިވެ އެވެ.

މައުމޫން ބަންދުގައި ހޭދަކުރި 11 ދުވަސް އަދަބުން އުނިކުރުމަށްފަހު އޭނާ ތަންފީޒުކުރަން ޖެހޭ އަދަބަކީ 1 މަހާއި 13 ދުވަސް ކަމަށް ހުކުމްކޮށްފައިވެ އެވެ. ނަމަވެސް ޖޫރިމަނާގެ އަދަބަކަށް ލުއިކޮށްދިނުމަށް އެދުމުން 8600ރ ގެ ޖޫރިމަނާއަކަށް ބަދަލުކޮށް އެ ފައިސާ ދެ މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ގާޒީ އައިޝަތު ނުޒޫހަ ކުރި ހުކުމްގައިވެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!