ޚަބަރު އިޖުތިމާޢީ

ފުލުހެއްގެ ސައިކަލުގައި ރޯކޮށްލިގެ ދެ މީހުންގެ ވަނަވަރު އާންމުކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި ނ. ހެނބަދޫއަށް ނިސްބަތްވާ ދެ މީހެއްގެ ވަނަވަރު އާންމުކޮށްފި އެވެ.

Ads by Hajj Corporation

ފުލުހެއްގެ ސައިކަލުގައި ރޯކޮށްލީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އެކަމެއް ކުރި ކަމަށް ވަނީ ޑްރަގުގެ ތުހުމަތު ކުރެވޭ ބަޔެއް ކަމަށް ފުލުހުން މީގެކުރިން ބުނެފައިވެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ރަސްމީ "އެކްސް" އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައި ވަނީ ފުލުހެއްގެ ސައިކަލަކަށް ގެއްލުންދީ އަދި އިތުރު ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައިގެ ތަހުގީގަށް ހައްޔަރުކޮށްފައިވާ ދެ މީހުންގެ ވަނަވަރު އާންމުކޮށްފަ އެވެ.

މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހެނބަދޫއަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ ދެ ފިރެހެނުންނެވެ. އެއީ އެ ރަށު ސެލްވިއޯ، އިލްޔާސް އިބްރާހިމާއި ހުދުތަރި، މުހައްމަދު އިރުޝާދެވެ.

ފުލުހުން ބުނީ މި ދެ މީހުން ހެނބަދޫ ޕޮލިސް ޕޯސްޓުގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އާއިލާތަކާއި މުދަލަށް ގެއްލުންދޭނެ ކަމަށް ބުނެ އިންޒާރުދީފައިވާ ކަމަށެވެ.

ފުލުހުން މިފަހުން އަންނަނީ އެކި މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ ވަނަވަރު އާންމުކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!