ޓެކްސީ ޑްރައިވަރުންނަށް ގެއްލުންވާނެ އެއްވެސް ގޮތަކަށް މި ސަރުކާރުން އަމަލު ނުކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
އަމީން އެހެން ވިދާޅުވީ ސަރުކާރުން ޓެކްސީގެ ހިދުމަތަށް ފަށަން އުޅޭތީވެ އެކަމާއި ދެކޮޅަށް ކަންބޮޑުވުން ފާޅުކޮށް ޑްރައިވަރުންތަކެއް އަޑު އުފުލަމުންދާތީވެ އެވެ.
ޑްރައިވަރުންގެ ކަންބޮޑުވުމާ ގުޅިގެން މިނިސްޓަރު އަމީން "ދެން އޮންލައިން" އަށް ވިދާޅުވީ ވެހިކަލްތައް ގިނަވެ، މާލެ ތޮއްޖެހުމުގެ މައްސަލައަށް ހައްލު ހޯދުމަށް ޕްލޭނެއް ހެދިއިރު އެކަމުގައި އޮންނާނީ ޓެކްސީގެ ހިދުމަތް ރަނގަޅު ކުރުމުގެ ވާހަކަ ކަމަށެވެ.
އަމީން ވިދާޅުވީ މާލެ ފަހި ޕްރޮގްރާމް އިފުތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނާ ފާހަގަކުރެއްވީ ކަމާ ގުޅުންހުރި ކަންކަން ނިންމާނީ ކޮންސަލްޓޭޝަން މަސައްކަތް ކުރުމަށް ފަހުގައި ކަމަށެވެ. ތޮއްޖެހުމުގެ މައްސަލައަށް ހޯދުމަށް ކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭނީ ހަމައެކަނި ޓެކްސީތައް ނޫން ކަމަށާއި ބަރު އުޅަނދުތައް ދުއްވުމާއި މުދާ އުފުލުމާއި ކުނި އުކުމުގެ ކަންކަން ވެސް ހިމެނޭނެ ކަމަށެވެ. އެހެންނަމަވެސް، ބަދަލުތައް ގެންނާނީ ހުރިހާ ގޮތަކުން ވެސް ބަލާފައި ކަމަށް އަމީން ވިދާޅުވި އެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި ޓެކްސީގެ ހިދުމަތް ދެމުން އަންނަނީ އެކި ގޮތަށް ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވި ގޮތުގައި ޓެކްސީގެ ހިދުމަތް ދިނުމުގައި ރަނގަޅު މޮޑެލްއަކީ ކޮބައިކަން ކަނޑައަޅާނީ ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކުގެ ހިޔާލާ މަޝްވަރާ ހޯދުމަށް ފަހުގައި ކަމުގަ އެވެ. މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ ނުބައި މައުލޫމާތެއް ފެތުރުން ކަމަށް އަމީން ވިދާޅުވި އެވެ.
"އެންމެ ކަމެއް ވެސް ޓެކްސީ ޑްރައިވަރުންނަށް ގެއްލުންވާނެ ގޮތަކަށް ސަރުކާރުން ނުކުރާނެ. ރައްޔިތުންގެ ބަޔަކަށް ގެއްލުންވާނެ ކަމެއް އަޅުގަނޑުމެން ނުކުރާނެ،" އަމީން ވިދާޅުވި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީ ޑްރައިވަރުންނާއި ބައްދަލުކޮށް ވާހަކަ ދައްކާފައިވާ ކަމަށާއި ޓެކްސީ ޑްރައިވަރުންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން އެ މީހުންނާ މިއަދު ބައްދަލުވުމެއް ބާއްވާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިއީ ދިވެހިންގެ ރާއްޖެކަން ތިޔަ ސާބިތުކޮށްދެއްވީ .. ސާބަސް …
ސާބަހޭ ވަޒީރޫ! ތިޔައީ ގަދަ ނިންމެވުން ނިންމަވާ ގަޓުހުރި ބޭފުޅެއް!
ތީރައްޔަތުންނަ ހުރިބޯޑުވޭނެ